ރުފިޔާގެ އަގު ވެއްޓުން ހުއްޓުވުމަށް 2.1 ބިލިއަން ރުފިޔާ ދައުރުވުން ހުއްޓުވައިފި

ރުފިޔާގެ އަގު ވެއްޓުން ހުއްޓުވުމަށް 2.1 ބިލިއަން ރުފިޔާ ދައުރުވުން ހުއްޓުވައިފި

ރާއްޖޭގެ މާކެޓުގައި ދައުރުވަމުންދާ ޑޮލަރަށް ވުރެ އިތުރަށް ހަތް ބިލިއަނެއްހާ ރުފިޔާ ދައުރުވަމުންދާ ކަމަށާއި އެ ރުފިޔާ މަދުކުރަން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން 2.1 ބިލިއަން ރުފިޔާ ދައުރުވުން ހުއްޓުވާފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭއިން މިއަދު ވަނީ އިންފްލޭޝަން, އެކަށީގެންވާ މިންވަރެއްގައި ދެމެހެއްޓުމަށް ޓަކައި އެކުލަވައިލައިފައިވާ މަނިޓަރީ ސިޔާސަތުގެ ދަށުން އަޅައިފައިވާ ފިޔަވަޅުތައް ހާމަކޮށްފައެވެ.

އެގޮތުން އެމްއެމްއޭއިން ބުނީ ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި، ބޭންކިން ނިޒާމުގައި ދައުރުވާ ދިވެހި ރުފިޔާގެ ލިކުއިޑިޓީ މަދުކުރުމަށް، އޯއެމްއޯ ގެ ދަށުން ރިވާސް ރީޕަޗޭސް އޮޕަރޭޝަންސް މިދިޔަ މަހުގެ 23 ގައި ފަށާފައިވާ ކަމަށެވެ.

އެމްއެމްއޭއިން ބުނީ  ރިވާސް ރީޕަޗޭސްގެ ފުރަތަމަ އޮޕަރޭޝަންގައި ބޭންކިން ނިޒާމުގެ އެކްސެސް ލިކުއިޑިޓީގެ ތެރެއިން 2.1 ބިލިއަން ރުފިޔާ މަދުކޮށްފައިވާ ކަމަށާއި އަމާޒަކީ އިގްތިސޯދުގައި ދައުރުވާ ފައިސާ 2-3 ބިލިއަން ރުފިޔާއަށް ދަށްކުރުން ކަމަށެވެ.

އިގްތިސާދުގައި ދައުރުވާ ރުފިޔާގެ ލިކުއިޑިޓީ ވަނީ 2020 ވަނަ އަހަރުން ފެށިގެން 178 ޕަސެންޓަށް އިތުރުވެފައި ކަމަށް އެމްއެމްއޭއިން ބުންޏެވެ.

މި އަހަރުގެ ޖޫން މަހު ބޭންކިން ނިޒާމުގައި ރުފިޔާ ލިކިއުޑިޓީގެ ގޮތުގައި އެވްރެޖްކޮށް ހުރީ ހަތް ބިލިއަން ރުފިޔާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *