ޑޮލަރުގެ އަގު 20 ރުފިޔާއަށްވުރެ މައްޗަށް އަރައިފި

ޑޮލަރުގެ އަގު 20 ރުފިޔާއަށްވުރެ މައްޗަށް އަރައިފި

ޑޮލަރު ވިއްކާ އަގު 19 ރުފިޔާ އާއި 20 ރުފިޔާގެ މެދުގައި ގިނަ ދުވަސް ތަކަކު ހުރުމަށްފަހު، 20 ރުފިޔާއަށްވުރެ މައްޗަށް އަރައިފިއެވެ.

ރާއްޖޭގެ ބަޔެއް ވިޔަފާރިވެރިންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި މުދާ ގަތުމަށްޓަކައި މިހާރު ޑޮލަރު ގަންނަން ޖެހެނީ 20 ރުފިޔާއަށްވުރެ ބޮޑުކޮށެވެ. އެގޮތުން 20.20 ރުފިޔާއަށް އަރާފައިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

20 ރުފިޔާއަށްވުރެ ބޮޑުކޮށް ޑޮލަރު ގަތް ބަޔެއް ވިޔަފާރިވެރިން ބުނީ، އަދިވެސް ފެންނަނީ ޑޮލަރުގެ އަގު ތިރިނުވެ، މަތިވާނެ ކަމަށެވެ. ޑޮލަރު ވިއްކާ ބަޔެއް ފަރާތްތަކުން 19:90 އަށްވެސް ޑޮލަރު ވިއްކައެވެ. ނަމަވެސް އެއީ ބޮޑު އަދަދަކުން މާރުކުރާނަމައެވެ.

ޑޮލަރުގެ އަގު ބޮޑުވުމުން އެކަމުގެ ކަންބޮޑުވުން އޮތީ ހަމައެކަނި ވިޔަފާރިވެރިންނަކަށްނޫނެވެ. ބޭސްފަރުވާ ފަދަ ކަންކަމުގައި ރާއްޖެއިން ބޭރަށްދާ މީހުންނަށްވެސް ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހުމުން އެކަމުގެ ނުތަނަވަސްކަން ވަރަށް ބޮޑެެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *