ހުސްގޮނޑި އެއީ ޔާމީނަށް ދެއްވި އިއްޒަތް، ޔާމީން އެކަން ބަލައިނުގަތީ: ޝުޖާއު

ހުސްގޮނޑި އެއީ ޔާމީނަށް ދެއްވި އިއްޒަތް، ޔާމީން އެކަން ބަލައިނުގަތީ: ޝުޖާއު

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހާއްސަ ކޮށްގެން ހޮސްގޮނޑި އެއް ބަހައްޓަމުން ދިޔައީ އެ މަނިކުފާނަށް ކުރެއްވި އިހުތިރާމެއްގެ ގޮތުން އިއްޒަތް އެރުވުމުގެ ގޮތުން ކަމަށް  ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ،

ޕީއެންސީން މިރޭ އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ހުރިހާ ސިޔާސީ މަސައްކަތެއް ކޮށްފައިވަނީ ޔާމީންގެ އިރުޝާދުގެ ދަށުން އެ މަނިކުފާނުގެ ވިސްނުންފުޅާ އެއްގޮތަށް ކަމަށެވެ. ޔާމީންގެ ވިސްނުންފުޅާ ދެކޮޅަށް އެއްވެސް ސިޔާސީ މަސައްކަތެއް ޕީޕީއެމް/ޕީއެންސީ އެއްވެސް އިރަކު ކޮށްފައިނުވާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނެއް ނޫން ގޭތޯ އަޅުގަނޑުމެން އާދެ. އެ މަނިކުފާނަށް ދެއްވި އިއްޒަތް އެއީ ހުސްގޮނޑި އެއީ އަޅުގަނޑުމެން ލީޑާޝިޕުން ނިންމި ނިންމުމެއް. އަޅުގަނޑުމެންގެ ލީޑާޝިޕުން ނިންމީ ރައީސް ޔާމީން އަނިޔާވެރިކަން މަތީގައި ޖަލުގައި އޮތީމާ އެމަނިކުފާނަށް ޖެހޭނީ އެ މަނިކުފާނަށް ޢިއްޒަތަށް ޓަކައި ގޮނޑި ބައިދަން އެއީ އަޅުގަނޑުމެން ނިންމި ނިންމުމެއް އިނގޭތޯ. ޕާޓީގައި ރައީސް ޔާމީން އެދިވަޑައިގެންނެވި ހުރިހާ ކަމެއް އަޅުގަނޑުމެން ލީޑާޝިޕުން ކޮށްފައި އޮންނާނީ. އޭގެ ހެއްކެއް ރޭގައި ވެސް އެ ވިދާޅުވީނޫންތޯ މާލޭގެ މޭޔަރުކަން ރައީސް މުއިއްޒަށް ލިބިވަޑައިގަތީ. ރައީސް މުއިއްޒަށް ލިބިވަޑައިގަތީމާ އެ މަނިކުފާނު ބޭނުންފުޅުވިއޭ އެ މަނިކުފާނުގެ ޑެޕިއުޓީ މޭޔަރުކަށް ހައްދަވަން މިނިސްޓާ އައްޅޯ. ތިމަން މަނިކުފާނު ދެންނެވީމޭ އެހެނެއް ނުވާނޭ. ދެން ލީޑަރުން ބުންޏޭ ކޮންމެވެސް އެހެން މީހަކަށް. ދެން އެހެނެއް ނުވާނޭ، އެންމެ ފަހުން ތިމަންނަ ޗޫޒްކުރެއްވީއޭ ނަރީޝް ޑެޕިއުޓީ މޭރަށް ތިބޭފުޅުން އާންމު މެންބަރުން ވިސްނަވާ އަޅުގަނޑުމެންގެ ލީޑަރޝިޕް އެމަނިކުފާނަށް ކިޔަމަންތެރިވި މިންވަރު. ކިޔަމަންތެރިވި މިންވަރު" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ޔާމީން ހުކުމެއްގައި ހުންނެވުމުގެ ސަބަބުން ހުންނަވަން ޖެހުނީ ޖަލުގައިކަމަށާއި އެހެން ނަމަވެސް އެމަނިކުފާނު އެކުގައި ހުންނެވިކަމާއި ތާއީދު ކުރައްވާކަން އިހުސާސް ކުރުވުމަށް ހުސް ގޮނޑި ބެހެއްޓީ އެއީ އެމަނިކުފާނަށް ލިބިގެންވާ ހައްގު އިއްޒަތަކަށް ވާތީ ކަމަށެވެ،

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *