Abdullah Shahid

މަހުގެ ޑިޔުޓީ ކަނޑާލަން އޮތީ މަޝްވަރާ ކޮށްފައި، އެ ވާހަކަ ޔޫކޭ ޑައަލޮގުގައި ނެތުމުން ކަންބޮޑުވުން!

މަހުގެ ޑިޔުޓީ ކަނޑާލަން އޮތީ މަޝްވަރާ ކޮށްފައި، އެ ވާހަކަ ޔޫކޭ ޑައަލޮގުގައި ނެތުމުން ކަންބޮޑުވުން!

ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރު ކުރަމުން އައި މަހުގެ ޑިޔުޓީ މުޅީން ކަނޑާލަން ރާއްޖެއިން އިނގިރޭސިވިލާތާއެކު ކުރިން އޮންނާނީ މަޝްވަރާކޮށް، ފްރީ ޓްރޭޑް އެގްރީމެންޓެއްގައި ސޮއި ކުރާ ހިސާބަށް ގޮސްފައި ކަމަށާއި، ނަމަވެސް ހުސްވި ހަފްތާގައި ބޭއްވި މޯލްޑިވްސް- ޔޫކޭ ޑައަލޮގުގެ ބައްދަލުވުމުގައި ނުހިމެނި ސަބަބު ސަރުކާރުން ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ ކަމަށް ކުރީގެ ޚާރިޖީ ވަޒީރު، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެ މަޝްވަރާތަކުގައި އަމަލީގޮތުން އެންމެ އިސްކޮށް އުޅުއްވި ކުރީގެ ފޮރިން މިނިސްޓަރު ޝާހިދުގެ ކަންބޮޑުވުންތައް ޙިއްސާ ކުރައްވައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް އިބްރާހީމް މުޙަންމަދު ސޯލިހުގެ ސަރުކާރުން ވާނީ އިނގިރޭސިވިލާތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން މަޝްވަރާ ކޮށްފައި ކަމަށެވެ. ނަމަވެސް މިފަހަރުގެ ޔޫކޭ ޑަޔަލޮގުން އެ ވާހަކަތައް އުނިވެފައިވާތީ އެމަނިކުފާނު ކަންބޮޑުވުން ފާޅު ކުރެއްވިއެވެ.

"ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ޑިއުޓީ މުޅިން ކަނޑާލުމަށް ބޭނުންވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން އިނގިރޭސިވިލާތާއިއެކު އެއްބަސްވެ ރައީސް އިބްރާހިމް މުހަންމަދު ސާލިޙްގެ ސަރުކާރުން ފެށި މަޝްވަރާތަކުގެ ވާހަކަ، މިދިޔަ ހަފުތާގައި ބޭއްވި މޯލްޑިވްސް- ޔޫކޭ ޑަޔަލޮގުގެ ބައްދަލުވުމުގައި ހިމަނާފައި ނުވާކަމީ ކަންބޮޑުވާ ކަމެކެވެ. " ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވި ގޮތުގައި އޭރު ސަރުކާރުން ކުރެއްވި މަސައްކަތުން، އިނގިރޭސިވިލާތަށް ރާއްޖެއިން ބޭރުކުރާ މަހަށް ނަގަމުން އައި ޑިއުޓީ %24 އިން %20 އާ ހަމައަށް، 2020 ވަނަ އަހަރު ވަނީ ތިރިކޮށްފައެވެ. އަދި އެ ޑިޔުޓީވެސް މުޅީން ކަނޑާލަން އެއްބަސްވުމެއްގައި ސޮއި ކުރުމާއި ހަމައަށް ދެވިފައިވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

"އެ ޑިޔުޓީ މުޅީން ކަނޑާލުމަށް ދެ ޤައުމުގެ ދެމެދުގައި ފްރީ ޓުރޭޑް އެގްރީމަންޓެއް ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދެވިފައި ވާއިރު، މިފަހަރުގެ ޑައަލޮގުގައި އެކަން އުނި ކޮށްފައިވާ ސަބަބު ސަރުކާރުން ރައްޔިތުންނަށް ހާމަކޮށް ދެއްވުމަށް ގޮވާލަމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *