ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް 12 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ޖުޑީޝަލް ސަވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާން މިއަދު މެންދުރު 12 އަށް ހަމަވިއިރު، ފޯމު ހުށަހެޅުއްވީ 12 ބޭފުޅެއް ކަން އެނގިފައިވެ އެވެ.
- ހައި ކޯޓުގެ އިސް ފަނޑިޔާރު މުހައްމަދު ފައިސަލް
- ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް
- ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު
- ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު، އަދި މިހާރު ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަބްދުލްގަނީ
- ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން
- ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް
-
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ)
- ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް، އަދި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މަރިޔަމް ނިހާޔަތު
- ކުރީގެ ގާޒީ އިބްރާހީމް އަލީ
- ކޮނޑޭގެ މެޖިސްޓްރޭޓް މުހައްމަދު އިބްރާހީމް
- ކުރީގެ މެޖިސްޓްރޭޓް މުހައްމަދު ރާގިބް އަހުމަދު
-
ކުރީގެ އެސިސްޓެންޓް ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ފަޒުނާ އަހުމަދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމެއް ހުސްކޮށް އެބަ އޮތެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމުގައި ތިއްބެވި މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު ފަނޑިޔާރު ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.
އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވީ އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދުން ދޫކުރުމަށް ދެ ބޭފުޅުން ވެސް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނާ މައްސަލާގައެވެ.
މައްސަލައިގައި އަމަލުކުރަމުންދިޔަ ގޮތާ މެދު އދ. އާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުންނާއި އެކި ގައުމުގެ ބާ އެސޯސިއޭޝަންތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ކޯޓުގައި ބާކީ ތިއްބެވި ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން، ޑރ. މުހައްމަދު އިބްރާހިމް، އަލީ ރަޝީދު ހުސައިން، ހުސައިން ޝަހީދުގެ އިތުރުން އާއިޝާ ޝުޖޫން މުހައްމަދެވެ.
ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝަހީދު ސުޕްރީމް ކޯޓަށް އައްޔަންކުރައްވާފައި ވަނީ ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ މިދިޔަ މާޗް މަހުގެ ހަތަރު ވަނަ ދުވަހު ހުސްނުއްސުއޫދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މިދިޔަ ފެބްރުއަރީ މަހު މި ފަނޑިޔާރުން ސަސްޕެންޑްކުރީ، ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީން ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފެށުމަށް ކުޑަތަން ވެފައި ވަނިކޮށެވެ.
މި ފަނޑިޔާރުން ސަސްޕެންޑްކޮށް ޖޭއެސްސީން ސުލޫކީ މައްސަލަތަކެއް ބެލީ މި ބުނާ މައްސަލައަށް ނުފޫޒު ފޯރުވަން ވެގެން ކަމަށް އެ ފަނޑިޔާރުން ތުހުމަތުކުރައްވާފައިވެ އެވެ. ނަމަވެސް ޖޭއެސްސީގައި ތިއްބެވި ސަރުކާރުގެ އިސް ބޭފުޅުން މި ކަން ވަނީ ދޮގުކުރައްވައިފަ އެ