އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު, ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝިރްލޭ އަޔާކޮރްއާ ބައްދަލު ކުރައްވައިފި އެވެ.
ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސެކްރެޓަރީ ޖެނެރަލްއާއި ބައްދަލު ކުރައްވައި ރާއްޖޭގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދީފައިވާނެ ކަމަށެވެ.
"ރާއްޖޭގެ ޑިމޮކްރަސީ ފަހަތަށް ދާ ކަމުގެ މައުލޫމާތާއި ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވައި ދެމުންދާ ހާލަތަކުގެ މައުލޫމާތު ހިއްސާ ކުރިން" ޝާހިދު ވިދާޅުވި އެވެ.
އަދި ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ ޗެކް އެންޑް ބެލެންސް ގެއްލުވާލައި، މިނިވަން މުއައްސަސާތަށް ހައިޖެކް ކުރަމުނ ްދާކަން ސެކްރެޓަރީ ޖެނެރަލްގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. މީގެއިތުރުން މި ސަރުކާރާ ދެކޮޅަށް ޒުވާނުން ކުރަމުންދާ މުޒާހަރާގެ ކަންކަންވެސް ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.