ފޮޓޯ: ދަ ސްޓޭންޑާޑްސް
ފޮޓޯ: ދަ ސްޓޭންޑާޑްސް

ވެއްޓުނު ހާދިސާ ޔުމްނު ކިޔައިދީފި، ބުނީ ބަޔަކު އޭނާ ވައްޓާލީ ކަމަށް، ވައްޓާލިއިރު ހަތަރު މީހުން ތިބި ކަމަށް: އާއިލާ

ވެއްޓުނު ހާދިސާ ޔުމްނު ކިޔައިދީފި، ބުނީ ބަޔަކު އޭނާ ވައްޓާލީ ކަމަށް، ވައްޓާލިއިރު ހަތަރު މީހުން ތިބި ކަމަށް: އާއިލާ

އޭޕްރީލް 18 ވަނަ ދުވަހުގެ ފަތިހު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު ފުންމާލީ ނޫން ކަމަށާއި އެއީ ބަޔަކު ކުރި ކަމެއް ކަމަށް އޭނާއާ ހަވާލާދީ އާއިލާއިން މިރޭ ބުނެފި އެވެ.

މިދިޔަ މަހުގެ 18ވަނަ ދުވަހު ހިނގި މި ހާދިސާއަށް މިހާރު މަސް ދުވަހެއް ވާން މި ވަނީ ގާތްވެފައެވެ.

ޔުމްނު ވެއްޓުނު ހާދިސާގައި، މުޅި ރާއްޖެއަށް ފެންނާނެހެން އޭނާގެ އާއިލާގެ ފަރާތުން މީޑިއާތަކާ ފުރަތަމަ ފަހަރަށް ދިން އިންޓަވިއުގައި ޔުމްނުގެ ދައްތަ ބުނީ މި ހާދިސާއާ ގުޅޭ މުހިންމު ބައެއް ވާހަކަތައް ޔުމްނު ހިއްސާކޮށްފައިވާ ކަމަށެވެ. ޔުމްނުގެ ދައްތަ ބުނީ ފެންޓެނޯއީ ގެއަކީ ޔުމްނު ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށާއި އެރޭ ޔުމްނު އެ ގެއަށް ދިޔައީ އެ ހާދިސާ ހިނގި ރޭ އެ ގެއަށް ދިޔައީ މި މައްސަލައާ ގުޅިގެން ފުލުހުން ފުރުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ މީނާޒު، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު އޭނާއަށް ލޮކޭޝަން ފޮނުވާ ދިން ދައުވަތަކަށް ކަމަށް ޔުމްނު ބުނެފައިވާ ކަމަށް އޭނާގެ ދައްތަ ބުންޏެވެ.

”އެކަމަކު ޔުމްނު އަޅުގަނޑުމެންނަށް ކިޔައިދީފި މިއަދު، އެ ގެއަކީ ޔުމްނު ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށް. އަދި އެ ގެއަށް އިންވައިޓް ކޮށްފައިވަނީ ޔައްސާރު ކަމަށް. ގޭގެ ލޮކޭޝަން ވެސް ފޮނުވީ ޔައްސާރު. ދެ ގެއަށް ވެސް ދިޔައީ ޔައްސާރުގެ އިންވިޓޭޝަންއަކާ އެކީގައި،“ ޔުމްނުގެ ދައްތަ ބުންޏެވެ.

އެ ގޭގައި ރައުދުގެ އިތުރުން ހަތަރު މީހަކު އެ ވަގުތު ތިބި ކަމަށް ޔުމްނު ބުނިކަމަށް އޭނާގެ ދައްތަ ކިޔައިދިނެވެ. ނަމަވެސް އެ ހަތަރު މީހުންނަކީ ކޮބައިކަން ހާމައެއް ނުކުރެ އެެވެ.

ޔުމްނުގެ ދައްތަ ބުނި ގޮތުގައި، އޭނާ ވެއްޓުނީ އަމިއްލައަށް ނޫން ކަމަށާއި، މިއީ ބަޔަކު ކުރި ކަމެއް ކަމަށް ވަނީ ބުނެފައެވެ. އަދި އިންސާފު ލިބިދާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށް ވެސް ޔުމްނު ބުނެފައިވާ ކަމަށް ދައްތަ ބުންޏެވެ.

”އެ ވީ ކަމަކީ، ޔުމްނުގެ އަނގައިގެން ބުނެފައިވަނީ، އެފަދަ ކަމެއް އަމިއްލައަށް ނުކުރަމޭ. އަޅުގަނޑު އަމިއްލައަށް ނުވެއްޓެމޭ،“ ޔުމްނުގެ ދައްތަ ބުންޏެވެ.

”އެތަނުގައި ޔައްސާރު، ރައުދުގެ އިތުރުން ވެސް އިތުރު ހަތަރު މީހުން ހިމެނޭ. އެހެންވިމަ މޯލްޑިވްސް ޕޮލިސް ސާވިސްއިން ހަދަމުންދިޔަ ދޮގުތަކާއި ދެން އެހެން ތަންތަނުން ހަދަމުންދިޔަ ދޮގުތަކުގެ އަސްލު ކިޔައިދޭން އައިސް މި ހުރީ.“

ޔުމްނު ވަނީ މި މައްސަލައިގައި އޭނާއަށް އިންސާފު ލިބޭނެތޯ ފަހު ބަހެއްގެ ގޮތުގައި އަހައިފައު ކަމަށް އޭނާގެ ދައްތަ ބުންޏެވެ.

”އެންމެ ފަހު ބަހަކަށް ޔުމްނު ބުނެފައިވަނީ، އަޅުގަނޑު ކައިރީގައި، އިންސާފު ލިބޭނެހޭ، ޔަގީންހެއްޔޭ އިންސާފު ލިބޭނެކަން. މިއީ އަމިއްލައަށް ކުރި ކަމެއް ނޫނޭ، މިއީ ބަޔަކު ކުރި ކަމެކޭ. އޭނަ އެތަނަށް މަރަށް ދޫކޮށްލީ ބަޔަކުއޭ. އޭނަ އަމިއްލައަކަށް ނޫނޭ އެކަން ކުރީ،“ ދައްތަ ބުންޏެވެ.

ޔުމްނުގެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި ފުލުހުން ހަދަނީ ދޮގެވެ. އަދި މި ހާދިސާގައި އެންމެ ބޮޑު މައްސަލައަކީ ބަޔަކު މި ކަން ކުރުމަށްފަހު ޔުމްނު މަރުވާން، ފުރާޅު މައްޗަށް ދޫކޮށްލުމެވެ.

”މަރަށް ދޫކޮށްލައިފައި އެ ފުރާޅުގަނޑު މަތީ އެ ކުއްޖާ އޮތީ ކިހާ އިރަކުކަމެއް އެނގޭނީ ހަމަ އެ މީހުންނަށް. މަރަށް ދޫކޮށްލައިފައި ވެސް ދިޔައީ އެ މީހުން،“ ޔުމްނުގެ ދައްތަ ބުންޏެވެ

 ”ޔުމްނު ބުނީ އަމިއްލައަށް ނުވެއްޓޭ ކަމަށް، މީ ބަޔަކު ކުރިކަމެއް ކަމަށް، މަރުވާން ދޫކޮށްލީ“
ހިޔާލުފާޅު ކުރައްވާ!

16 Responses

  1. ރާއްޖޭގެ ޢަދޮލު އިންސާފަށް ބަލާއިރު ތިޔަ މައްސަލަ ވެގެން ދާނީ ފެނަށް ދެ ފަރާތުގެ ވެސް މައްސަލަ އެބަ އުޅޭ

  2. އަބަދު ދާ ގެއެއްގަ ކެމެރާ ހުންނަކަން ވެސް ނޭނގުނީ، ސިޑި މަތީ އުޅޭނެހާ ގޮތަކަށް އުޅުނު އިރު؟ ތިވަރަށް ދާ ގެއަކަށް ދާން ލޮކޭޝަން ބޭނުންވީ ކީއްވެ؟ ތިބުނާ 4 މީހުންގެ ނަން ކޮބާ؟ އެމީހުން ކެމެރާއަށް ނާރަނީ އެއީ ފަހެ ރޫހާނީ ބަޔަކީތަ؟ ދައިތަ ތިޔަ ދައްކާ ވާހަކަ ގަބޫލެއް ނުކުރެވޭ

  3. ބޮއެގެން ބުރާންތިވެގެން ރުހުމުގަ ކުރި ކަމެއް ކުރީ. އާއިލާ އިންވެސް ދަރި ވީ ތަނެއް އެނގުނީ ފުރާލުމަތީ އޮތްވާ. ދަންވަރު ކުރާނެހާ ކަމެއް ކުރަން ތިޔަ އާއިލާއިންވެސް ދޫކޮށްލީ. އާއިލާގެވެސް އިހުމާލު އެބައޮތް ވަރަށް ބޮޑަށް. ފުރާޅު މައްޗައް ވެއްޓުނީމަ މައްސަލައަކައް ވެގެން މިއުޅެނީ.

  4. އާންމުކޮއް ގޮސް ސިޑިމަތީ ފާހިސްއަމަލުކުރާކަން ސާބިތުވޭ ދައްތަގެވާހަކަ ވަކި ބަޔަކުދޮގުބުނާކަމައް ބުނާއިރު ތެދު ހަދަނީ ދައްތަކަމަކައް ވެސް ނުބެލެބޭ އަބަދު ދާގެއަކައް ލޮކޭސަނެއް ބޭނުމެއްނުވާނެ ފުރަމަ މަސްތުގެހާލަތުގާ ހުރެ ސިޑި މަތީ ކުރި ނުބައި ފާހިސްއަމަލުގެ ތަހުގީގު ވެސް ބެލެވެން ވާނެ އަދި މިރާއްޖޭގައި ވެފައިވާ މަރުތަކުގެ އިންސާފު ނުލިބޭ މުޅިރާއްޖެ ފާހިސް އަމަލު ކުރި ޔުމްގެ ކަނަކަން ބަލަން މުޒާހިރާ ކުރާއިރު ދީނީ އިލްމުވެރިޔާ އަފުރާސީންގެ މަރުގެ ތުހުމަތު ކުރިމީހުން ކޮބާ ރަންގަޅުކޮއްލާ

  5. ބަލަ ރޭގަޑު ދާްް ހަތަރުދަމު ތިޔަ ކޮށްކޮ ހުރީ އެ ގޭގަ ނަމާދު ކުރަން ތޯ އެއްގެއިން އަނެއް ގެއަށް ދަންވަރު އެއްވެސް ހަާސްކަމެއް ނެތި އުޅުނު ގޮތް ހުރިހާމީހުންނަށް ވެސްފެންނާނެ ކަމެއް ވީމަ މިއެގެނީ ކިތަށް ރޭ ތިގޮތަށް ދާފަހުން ތިކަން ތިވީ ހަރުބަހުގަ އިދޭ ރައްކާވެ ތިބިއްޔާ ދަތުރޭ މިކަމުން އިބުރަތް ހާސިލު ކޮށްކުރިއަށް އޮށް ދުވަސްތަކާއިގެން ކުރިއަށް ދާން މަސައްކަތް ކުރޭ ނަފުސު އިސްލާހު ކުރޭ އިންޝާﷲ ރަގަޅު ވާނެ

  6. ތީ އެހާ ބަސްއަހާ ޔުމްނުއެއް ނަމަ ހިލޭ ފިރިހެނުން ތިބި ތަނަކަށް ދައުވަތު ދިނީމަ ދިޔައީ ކީއްކުރަންބާ. ކޮއްކޮވެސް އަލިފެއްކަމަށް ހަދަން ނޫޅޭ. ދައްތަގެ އޮއްޓަރެއް ނެތް ޕްރެސްއެއް. ސިޔާސީ ފަރާތްތަކާ ގުޅިގެން ޕްރެސްއެެއް ދިނީވެސް ކީއްކުރަން.

  7. ޔުމުނު ކުރިންވެސް އެގެއަށް ގޮސްއުޅޭކަށް ޔުމުނު އާއި ހަވާލާދީ ދައްތަ ބުނެފައިވެއެވެ. ސުވާލަކީ އެބުނާ ޔައްސަރު އެގެއަށް ޔުމުނުއަށް ދައުވަތުދީ ލޮކޭޝަން ފޮނުވީ ކީއްވެބާއޭ ؟

  8. ޔުމްނު އެރޭ ބޭރަށް ގޮސް ލަސްވީމަ ހޯދާކަށް ނޫޅޭ. ނިދަން ގެޔަށް ނައިމަ ކޮބާތޯ އެއް ނުބަލާ. ހެނދުނު ވީ އިރުވެސް ގޭގަ ނެތް ކަމެއް ވެސް ނޭންގޭ. ހޯދާކަށްވެސް ނޫޅޭ. ހާދަ ލޯބިވާ އާއިލާ އެކޭ. ގައިމު އެކަނި ބޭރަށް ނުކުންނަން ވެސް ނުކެރޭ ބަސްއަހާ ކުއްޖެކޭ އެއީ މުޒާހަރާގަ ގޮވި އަޑު އިވުނު. ދެން ކީއްވެބާ އާއިލާ އިން އަޅާނުލާ ތިބީ ؟؟؟؟؟

  9. ފުލުހުން ކަނޑަންވާވަރަށްކަނޑާއެޑިޓު ކޮއްފަ ދެން ކޮންބައެއްފެންނާނީ އަބަދު ދާގެޔެއްކަން އިނގެނުބުނިޔަސް އުޅޭލެއްފަރިތަކަމާ ހާސްކަމެއްނެތީމަވެސް

  10. ވަރަށް ހެއްވާ ވާހަކަ ދައްތަ ތި ދައްކަނީ. ޔުމްނުއަށް އަވަސް ޝިފާއަކަށް އެދެން. ތިބުނަނީ ޔުމްނު ވަރަށް ގިނައިން ދާ ގެޔެއްކަމަށާއި އަދި މީހަކު އިންވައިޓް ކޮށްގެން ދިޔަކަމަށް އެފަދަ ހާލަތެއްގަ ވަކީލު ޔާމީން ބުނަނީ ކީކޭތޯވެސް ބސލާލަންވާނެ. އިންވައިޓް ކުރިމީހާ އިންވައިޓް ކުރާނީ ސިޑިގޮޅިއަކަށް ނޫން އަދި އިންވައިޓްކުރި މީހާ ތެޔޮލައިގެން އޮއްވާ އެހެން މީހަކާއެކު ކެމެރާތައްކުރިމަތީ ބަދުއަޚުލާގީ އަމަލު ހިންގީ. ވަކީލު ޔާމީން ހެންވޭރު ބިއްލޫރޮ މާލަމުން ކޮންމެސް އެއްޗެއް ވިދާޅުވޭ..!

  11. އަމިއްލައަށް ނުކުރަންޏާ ކީއްވެތަ ކުރި ބައެއްގެ ނަން ނުބުނެވުނީ.. އަމިއްލައަށް ނުކުރާ ކިތަންމެ ކަމެއް ވީޑިއޯ ތަކުންވެސް ފެނޭ..

  12. ދެން ބުނަންވީނު ވައްޓާލި ބަޔަކާއި ވައްޓާލި ގޮތެއް!! says:

    ދެން ބުނަންވީނު ވައްޓާލި ބަޔަކާއި ވައްޓާލި ގޮތެއް!!

  13. އެހާ ބާރުގަދަ ޕާޓީ ޑްރަގްސް ބޮއެގެން ތިބޭއިރު ވާނުވާ އިނގޭތަ. އެކަކުވެސް ފެނިދާނެ ހަމީހުންގެ ގޮތުގަ. މިހާރު ޔުމްނު ވާނެ ހުދު ފޮތިކޮޅަކަށް. ނުބޮއެ ގޭގަ އޮއް ނަމަ ތިހެން ނުވީސް. މިހާރު ހީވަނީ މީ ސަރުކާރުން ކޮއްގެން އުޅޭކަމެއްހެން. ޔުމްނު އެ އުޅުނު ވައްތަރު ފެނިފަ އާއިލާއިން ވެސް ނިކުމެ ވާހަކަ ދައްކަން ލަދެއް ނުގަނޭ ބަައޭ މަ ހިތައްއަރާ. ދެން ކުޅޭނީ ވިކްޓިމް ގޭމް. ތިކުއްޖާ އަލަކަށް އުޅޭ ގޮތެއްނޫން ތީކީ. މި ފަހަރު ބޮޑި ބުއީ.

  14. ރާބޮއެގެން މަސްތުގެ ހާލަތުގައި ޒިނޭ ކުރި މީހުން ރަޖަމް ކުރަން ޖެހޭ

  15. ދައްތަހަދަނީދޮގުނޫނކަމައްް ވާނަމަހުރިހާކަމެތްހިގާދިިޔައިރުލޯބިވާދައްތަހުރީރާޖޭންބޭރުގަތޯ

Leave a Reply to ބުލާ ބުލާ Cancel reply

Your email address will not be published. Required fields are marked *