ހެންވޭރުގެ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ ގ. ލަންކާ، އަބްދުﷲ މުފީދު،(46އ.) ކަމަށެވެ.
އޭނާ މަރުވެފައި އޮއްވާ ފެނުނީ ހެންވޭރުގެ ގެއެއްގެ ފާހާނާއިން ކަމަށް ވެސް ފުލުހުން ބުންޏެވެ. އިތުރު ތަފްސީލު ފުލުހުން ނުދެ އެވެ.
އެނގިފައިވާ ގޮތުގައި، އޭނާ މަރުވެފައި އޮއްވައި ފެނުނީ އެ ގެ ހުންނަ ސަރަހައްދުން ކުނިވަސް ދުވާތާ ހަތަރު ވަރަކަށް ދުވަސްވުމުން ބަޔަކު އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމުން، ފުލުހުން އެތަނަށް ވަދެ ބެލުމުންނެވެ.
މިދިޔަ މަހު ފަހުކޮޅު މާފަންނުގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ވެސް ފެނުނެވެ. އޭނާ ފަހުން ވަޅުލީ އޮޓޮޕްސީވެސް ނަހަދަ އެވެ