ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އިން މެދުރާއްޖެތެރެއަށް ރީނދޫ ސަމާލު ނެރެފި އެވެ.
މެޓުން ވަނީ މެދުރާއްޖެތެރޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފައެވެ. އެއީ ރ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށެވެ. މިއަދު 6:30 އިން 11:30 އަށް ނެރެފައިވާ އެ ސަމާލުގައި ވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިއީ އިރުވައި މޫސުން ނިމި، ހުޅަނގު މޫސުން ފެށުމުގެ މަރުހަލާގައި ކުރާ ވިއްސާރައެއް ކަމަށްވެސް މެޓުން ބުންޏެވެ.
ކުރިއަށް އޮތް ވަގުތު ތަކުގައި ވަރަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި މާދަމާގެ ނިޔަލަށް މި ވިއްސާރަ ދެމިގެންދާނެ ކަމަށާއި އެކަމަކު ހުކުރު ދުވަހު މަޑުމަޑުން މޫސުން ރަނގަޅު ވަމުންދާނެ ކަމަށްވެސް މެޓުން ބުންޏެވެ.