ދެން އޮތީ ބޯކޮށް ވާރޭ ވެހޭނެ ތިން ދުވަސް: މެޓް

ދެން އޮތީ ބޯކޮށް ވާރޭ ވެހޭނެ ތިން ދުވަސް: މެޓް

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބު ތަކަށް ވިއްސާރަ ކުރާނެ ކަމަށް ރާއްޖޭގެ މޫސުމާބެހޭ އިދާރާ، މެޓް އޮފީހުން ލަފާކޮށްފި އެވެ.

 

މެޓް އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނީ މި ދުވަސްވަރަކީ އިރުވައި މޫސުން ނިމި، ހުޅަނގު މޫސުން ފެށޭ ދުވަސްވަރު ކަމުން ރާއްޖޭގެ ދެކުނުން އުފެދޭ ވިއްސާރަ ވިލާތައް ދެކުނުގެ އަތޮޅުތަކަށް އަރަމުން ދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

 

އެހެންވެ މާދަމާއިން ފެށިގެން އަންނަ ބުރާސްފައްޗާއި ހަމައަށް ރާއްޖޭގެ އެކި ހިސާބު ތަކަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވޭއިރު ބައެއް ރަށްތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ. މީގެއިތުރުން ބައެއް ހިސާބުތަކުގައި އާންމުވައި ގަދަވުމާއެކު ކަނޑުތައް ގަދަވުުމުގެ ފުރުސަތު އޮތްކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

 

ފަހަކަށް އައިސް ރާއްޖޭގެ އެކި ހިސާބުތަކަށް އާންމުކޮށް އަވިގަދަ ނަމަވެސް ދޭތެރެ ދޭތެރެއިން ކުއްލިއަކަށް ބޯކޮށް ވިއްސާރަވެހި ބޮޑެތި ގެއްލުންތައް ލިބެެއެވެ. ޚާއްސަކޮށް މާލޭގައި އެފަދަ ދުވަސް ދުވަހު ފެންބޮޑުވުމުގެ މައްސަލަ ވަރަށް ބޮޑެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *