ހއ، ކެލާއަށްފަހު، ހއ. ބާރަށުގައި ސިހުރުގެ ކަންތައް ބޮޑުވަމުން އަންނާތީ ފުލުހުން އެ ރަށުގައި އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފި އެވެ.
ފުލުހުން މިއަދު ބުނީ ބާރަށުގައި ސިހުރު ހަދަމުންދާ ކަމުގެ މައުލޫމާތު އިންޓެލިޖެންސަށް ލިބުމުން ހާއްސަ އޮޕަރޭޝަނެއް ސިހުރާ ދެކޮޅަށް ކުރިއަށް ގެންދިޔަ ކަމަށެވެ.
މިއަދު ހެނދުނު ފެށި އެ އޮޕަރޭޝަނުގެ ދަށުން އަށް ތަނެއް ވަނީ ބަލާ ފާސްކޮށް، ގުޅުން ހުރި ކަމަށް ބެލެވޭ ތަކެތި އެ ތަންތަނުން ވަނީ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އަށް މީހަކު ފުލުުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.
އެ އަށް މީހުންނާ ވެސް ސުވާލު ކުރުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
ސިހުރު ހަދައިގެން ކެލާއިން ބަޔަކު "ބަލިވެގެން" މިދިޔަ ޑިސެމްބަރު ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ އެވެ.ކަމަށް ތުހުމަތުކޮށް ސިހުރު ހަދާ ކަމުގެ ތުހުމަތުގައި އޭރު އެ ރަށުން ބަޔަކު ހައްުޔަރު ވެސް ކުރި އެވެ. އެކަމަކު ފަހުން ވަނީ އެ މީހުން ދޫކޮށްލައިފަ އެވެ.