‏ޚުދުމުޚުތާރު ވެރިކަމަކާ ދެކޮޅަށް ބޭނުން ކުރެވޭނެ އެންމެ ބާރުގަދަ އެއްޗަކީ ދުލާއި ގަލަން: ޝާހިދު

‏ޚުދުމުޚުތާރު ވެރިކަމަކާ ދެކޮޅަށް ބޭނުން ކުރެވޭނެ އެންމެ ބާރުގަދަ އެއްޗަކީ ދުލާއި ގަލަން: ޝާހިދު

ގައުމެއްގައި ޚުދުމުޚުތާރު ވެރިކަމެއް އޮވެއްޖެނަމަ، ރައްޔިތުންގެ ޙިމާޔަތުގައި ބޭނުން ކުރެވޭނެ އެންމެ ބާރުގަދަ ވަސީލަތަކީ މިނިވަން ޚިޔާލުގެ ދުލާއި ގަލަން ކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ނޫސްވެރިންނަށް ފޮނުއްވި މެސެޖެއްގައެވެ.

"ޚުދުމުޚުތާރު ވެރިކަމަކާ ދެކޮޅަށް ރައްޔިތުންގެ ހިމާޔަތުގައި ބޭނުންކުރެވޭނެ އެންމެ ބާރުގަދަ ވަޞީލަތަކީ މިނިވަން ޚިޔާލުގެ ދުލާއި ގަލެމެވެ." ޝާހިދު ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހަކީ ކޮންމެ އަހަރެއްގެ މޭ މަހުގެ 3 ވަނަ ދުވަހެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މިއަދު ފާހަގަކުރާއިރު، ސިޔާސީ ގިނަ ފަރާތްތަކާއި، އެހެނިހެން ފަރާތްތަކުންވެސް ދަނީ ދުވަހުގެ ތަހުނިޔާ ނޫސްވެރިންނަށާއި މީޑީޔާތަކަށް ވިދާޅުވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *