އިސްލާމީ އުންމަތް އެކަތިގަނޑަކަށްވެ އަލުން އިލްމާއި ތަޖުރިބާ އަދި ސައިންސަސް ދާއިރާއިން ކުރިއަރަން ޖެހޭ: ރައީސް

އިސްލާމީ އުންމަތް އެކަތިގަނޑަކަށްވެ އަލުން އިލްމާއި ތަޖުރިބާ އަދި ސައިންސަސް ދާއިރާއިން ކުރިއަރަން ޖެހޭ: ރައީސް

މުސްލިލުން އިލްމީ ރޮގުން ކުރިއެރުން ހޯދައި ގާބިލުކަން އިތުރުކުރަން ބޭނުންވާނަމަ މުޅި އިސްލާމީ އުންމަތް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިޔޫއެމް)އިން ރައީސަށް އޮނަރަރީ ޑޮކްރަރޭޓެއް އެރުވުމަށްފަހު ދެއްވި ތަގުރީރުގައު ރައީސް ވަނީ އިސްލާމީ ހަލާރަތާއި އިލްމާއި ސައިންސާއި ޒަމާނީ ތަރައްގީގެ އެތައް ވާހަކައަކަށް އަލިއަޅުއްވާލައިފަ އެވެ. އެ ހުރިހާ ކަމަކުން އިބުރަތް ލިބިގަނެ އިސްލީމީ އުންމަތް އެކަތިގަނޑަކަށް ވުމަށް އެ މަނިކުފާނު ގޮވާލެއްވި އެވެ.

އިނެޓަލެކްޗުއަލް ރެނާސަންސް: އަންވެއިލިން ދަ ސައިސްޓުފިކް އެންޑް މޮޑަމް ޑިވެލޮޕްމެންޓް އޮފް އިސްލާމިކް ސިވިލައިޒޭޝަންގެ ސުރުހީގެ ދަށުން ދެއްވި ތަގުރީރުގައި ރައީސް ވިދާޅުވީ އިސްލާމީ ހަލާރަތުން ކުރިން ހޯދާފައިވާ ކާމިޔާބީތަކަށް އިހުތިރާމްކޮށް ސައިންޓިފިކް ރޮނގުން މުސްލިމުން އޭރު ހޯދި ކާމިޔާބީތައް އަލުން އާލާކޮށް ދިރުވޭނެ މަގަކަށް މުަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އެއީ މުސްލިމް އުއްމަތުގެ ކުރިއެރުމާއި މުސްތަގުބަލަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ރައީސް ވިދާޅުވި އެވެ.

މީލާދީން 8 ވަނަ ގަރުނުން ފެށިގެން 14 ވަނަ ގަރުނަށް ދެމިގެންދިޔަ އިސްލާމީ އުއްމަތުގެ ”ރަން ޒަމަނާށް“ އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ އެއީ ދުނިޔޭގެ އިލްމާއި އީޖާދުތަކުގައި މުސްލިމުން އެންމެ ކާމިޔާބު ދުވަސްވަރު ކަމަށެވެ. އިލްމު ހާސިލުކުރުމަކީ އެ ޒަމާނުގައި މުގައްދަސް ވާޖިބެއް ކަމުގައި ބެލެވުނު ކަމަށާއި އޭރު ބިނާކުރި މިސްކިތްތަކާއި ކުތުބުހާނާތަކާއި ހޮސްޕިޓަލުތަކާ ޔުނިވާސިޓީތަކުން އެކަން ޔަގީންވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *