ގދ. އިން ހުޅުމާލެއަށް ދަތުރުކުރި ދޯންޏެއް ފަސް މީހުންނާ އެކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލުނު އިރު އެ ދޯނީގައި ތިބީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ.
ފުލުހުން މިރޭ އެކްސްގައި ބުނީ ރޭ 8:00 އެހައިކަންހާއިރު ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރި "ބްރިލިއަންޓް ކެރިއަރ" ނަމަކަށް ކިޔާ ދޯންޏެއް ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
2025 އޭޕްރިލް 27 ވަނަ ދުވަހުގެ ރޭ 8:00 އެހައިކަންހާއިރު ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރި "ބްރިލިއަންޓް ކެރިއަރ" ނަމަކަށް ކިޔާ ދޯންޏެއް ވަނީ ގެއްލިފައެވެ. މި ދޯނީގައި ތިބީ 5 މީހުންނެވެ. އެއީ 3 ދިވެހިންނާއި 2 ބިދޭސީންނެވެ. pic.twitter.com/VTgctQNlyt
— Maldives Police (@PoliceMv) April 28, 2025
އުޅަނދުތައް އޮންނަތަން ޓްރެކްކުރާ އެޕް "ފޮލޯ މީ" އިން ދައްކާ ގޮތުން އެ ދޯނި އެންމެ ފަހުން އޮތީ ހުވަދު އަތޮޅާ ލާމު އަތޮޅާ ދެމެދު އެވެ.