ޔުމްނުގެ މައްސަލަ ބަލަން އަންހެނަކު ނެތް "ފިރިހެން ކޮމިޝަނެއް" އޮތުމުން ފާޑު ކިޔަނީ

ޔުމްނުގެ މައްސަލަ ބަލަން އަންހެނަކު ނެތް "ފިރިހެން ކޮމިޝަނެއް" އޮތުމުން ފާޑު ކިޔަނީ

ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ބަލަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އުފެއްދެވި ކޮމިޝަނުގައި އަންހެނަކު ނެތުމުން ގިނަބަޔެއްގެ ފާޑު ކިޔުން އަމާޒު ވެއްޖެއެވެ.

މައްސަލަ ބަލަން ރައީސް އުފެއްދެވި ކޮމިޝަނުގައިި ތިއްބެވީ ތިން ފިރިހެން ބޭފުޅުން އެކަންޏެވެ. އެއީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުޙަންމަދު މުނައްވާރާއި، ކަށީގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ މުހައްމަދު ހަބީބުގެ އިތުރުން، ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު މުހައްމަދެވެ.

ކޮމިޝަނުން ބަލާ މައްސަލައިގައި މައިގަނޑު އަމާޒު ވަނީ ޒުވާން އަންހެން ކުއްޖަކަށް ވާތީ، އެފަދަ ކޮމިޝަނެއްގައި އަންހެނަކު ނެތް ތަނުގައި ޒުވާނަކުވެސް ނެތް ކަމަށް ބުނެ ބަޔެއް ފަރާތްތަކުން ފާޑު ކިޔާފައިވެއެވެ.

ބަޔެއް މީހުން ސޯޝަލް މީޑިޔާގައި ބުނެފައި ވަނީ އަންހެން ކުއްޖެއްގެ މައްސަލަ ބަލަން އުފެއްދި ކޮމިޝަނުގައި އަންހެނަކު ކޮންމެހެން އިނުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ހަމައެކަނި ފިރިހެނުން ތިބެގެން އެފަދަ މައްސަލައެއް އެންމެ ރަނގަޅަށް ބެލުމަކީ އުދަނގޫ ކަމެއް ކަމަށެވެ.

ރައީސް އުފެއްދެވި ކޮމިޝަނުގެ ރައީސަކަށް ހަމަޖައްސާފައި ވަނީ ޑރ. މުނައްވަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *