ކުރީގެ އަނބިމީހާއަށް އަނިޔާކުރި ކަމުގެ ދައުވާއިން އީސަ ސަލާމަތްވެއްޖެ

ކުރީގެ އަނބިމީހާއަށް އަނިޔާކުރި ކަމުގެ ދައުވާއިން އީސަ ސަލާމަތްވެއްޖެ

ކުރީގެ އަނބިމީހާއަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު އީސާއަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ކުރީގެ އަންހެނުން އަސްރާ ނަސީމަށް ދައުވާކުރި ކަމުގެ ތުހުމަތުގައި އީސަގެ މައްޗަށް އުފުލީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ ދައުވާއަށް އީސަ އިންކާރުކޮށްފައިވާ ކަމަށެވެ. އަދި އަސްރާ ހިމެނޭގޮތުން ދައުލަތުން ހުށަހެޅި އެހެނިހެން ހެކިވެރިން ވެސް ހެކިބަސް ދިނުމަށް އިންކާރުކޮށްފައިވާ ކަމަށް އެ ހުކުމްގައިވެއެވެ.

އެހެންކަމުން ދައުލަތުން ކުރި ދައުވާގައި ބުނާ ފަދައިން އަސްރާ އޭނައަށް އީސަ އަނިޔާކުރި ކަމަށް ބުނެފައިވާ ކަމާ މެދު ވެސް ސުވާލު އުފެދޭ ކަމަށް އެ ހުކުމްގައިވެއެވެ.

އީސަގެ މައްޗަށް އެ ދައުވާކުރީ މޭ 19، 2021 ވަނަ ދުވަހުގެ ރޭ ދަންވަރު އަސްރާއާ ދެމެދު ހިނގި ޒުވާބެއް ހޫނުވެ، އޭނާއަށް އަނިޔާކުރިކަމަށް ތުހުމަތުކޮށެވެ. އަސްރާގެ މެޑީކޯ ލީގަލް ރިޕޯޓުން އަނިޔާ ލިބިފައިިވާކަން އެނގެއެވެ.

މި ހާދިސާ ހިނގި ދުވަސްވަރު އަސްރާ ވަނީ އީސަ އޭނައަށް އަނިޔާ ކުރި ކަމަށް ބުނެ ބައެއް މީޑިއާތަކަށް އިންޓަވިއުވެސް ދީފައެވެ. އަދި އެ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅީ ވެސް އަސްރާއެވެ. ނަމަވެސް ފަހުން އޭނާ ވަނީ މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުންނުވާ ކަމަށް ފުލުހުންނަށް އަންގާފައެވެ. އެކަމަކު މައްސަލައިގެ ބާވަތުން އަސްރާ ދެކޮޅު ހެދިޔަސް މައްސަލަ ބަލައި ފިޔަވަޅު އަޅަން ފުލުހުން ނިންމިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *