ދައުލަތުގެ ރިޒާވް ހަތަރު ޕަސެންޓް ދަށްވެއްޖެ

ދައުލަތުގެ ރިޒާވް ހަތަރު ޕަސެންޓް ދަށްވެއްޖެ

ދައުލަތުގެ ޔޫޒަބަލް ރިޒާވް ހުސްވި މަސް ނިމުނުއިރު ހަތަރު ޕަސެންޓް ދަށަށް ވެއްޓިއްޖެއެވެ.

މަރުކަޒީ ބޭންކުން އާންމުކޮށްފައިވާ ހިސާބުތަކުން ފެންނަ ގޮތުގައި ހުސްވި މާޗު މަސް ނިމުއިރު ރިޒާވްގައި ހުރީ 163 މިލިއަން ޑޮލަރެވެ. އޭގެކުރީ މަހު 179 މިލިއަން ޑޮލަރު ރިޒާވްގައި ހުއްޓެވެ. މާޗު މަހު ރަސްމީ ރިޒާވްގައި ހުރީ 790 މިލިއަން ޑޮލަރެވެ. ނަމަވެސް ފެބްރުއަރީ މަހު 832 މިލިއަން ޑޮލަރު ހުއްޓެވެ. އެ އަދަދު ހުސްވި މަހު ވަނީ 40 މިލިއަން ޑޮލަރު ދަށަށް ގޮސްފައެވެ.

ހުސްވި އަހަރު ނިމުނުއިރު ރާއްޖޭގެ ރިޒާވްގައި ހުރީ 673 މިލިއަން ޑޮލަރެވެ. ނަމަވެސް އެ ފަހުން ރިޒާވް މަޑުމަޑުން ރަނގަޅުވުމަށްފަހު މިހާރު ވަނީ ދަށަށް ޖަހާފައެވެ. ރާއްޖޭގެ ރިޒާވް ދަށްވެފައިވާއިރު ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް މާލީ އިދާރާތަކާއި މާލީ ތަޖުރިބާކާރުން ދަނީ ގޮވާލަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *