އައްޑޫ ލިންކް ރޯޑްގައި އެކްސިޑެންޓެއް ހިނގައި މީހަކު ނިޔާވެއްޖެ

އައްޑޫ ލިންކް ރޯޑްގައި އެކްސިޑެންޓެއް ހިނގައި މީހަކު ނިޔާވެއްޖެ

އައްޑޫ ސިޓީ ފޭދޫ ލިންކު ރޯޑުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 36 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓްކުރީ މިރޭ 7:30 ހާއިރެވެ.

އެކްސިޑެންޓުގައި އަނިޔާވި ސައިކަލު ދުއްވަން އިން މީހާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް  ނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން އެހެން ބުނީ މަރުކަޒާ ހަވާލާދީ އެވެ.

ނިޔާވެފައިވަނީ އައްޑޫ ފޭދޫ އުލްފަތު، އިބްރާހިމް ސިޔާދް އެވެ.

މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަން އިނީ 23 އަހަރުގެ ފިރިހެނެކެވެ. އެއީ ފިޔޯރީއަށް ނިސްބަތްވާ މުހައްމަދު މާހިލް މުމްތާޒެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *