ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ "ޖެނެރޭޝަނަލް ބޭން"އަށް ހިޔާލު ހޯދުމަށް ހުޅުވާލި "ޕޯލް"ގެ ދަށުން 2000ވަނަ އަހަރުން ފެށިގެން އުފަންވި މީހުންނަށް ދުންފަތް މަނާކުރަން ގިނަ ބަޔަކު ތާއިދުކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވާލި ޕޯލްގައި ތިން ތާރީހަކުން ފެށިގެން އުފަންވެފައިވާ ފަރާތްތަކަށް ދުންފަތް މަނާކުރަން ފެންނަގޮތް ހަމާކުރަން އޮތީ އެދިވަޑައިގެންފަ އެވެ.
ރައީސް ހުށަހެޅުއްވި ހުށަހެޅުންތައް:
- 2007 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
- 2004 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
- 2000 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
އެ "ޕޯލް"ގައި މިހާތަނަށް ވޯޓު ދިން ގޮތަށް ބަލާއިރު ގިނަ ބަޔަކު ވޯޓު ދީފައިވަނީ 2000 ވަނަ އަހަރުން ފެެށިގެން އުފަންވި ފަރާތްތަކަށް ދުންފަތް މަނާކުރުމަށެވެ، އެއީ ވޯޓުގެ 51.1 ޕަސެންްޓް އެވެ.
އަދި ދެވަނައަށް އެންމެ ގިނަ ބަޔަކު ވޯޓު ދިނީ 2007 އަހަރުން ފެށިގެން ވޯޓު ދިން ފަރާތްތަކަށް ދުންފނަތް މަނާކުރުމަށެެވެ. އެއީ 40.8 ޕަސެންޓް ވޯޓެވެ.
ރައީސް މުއިއްޒު އިއްޔެ ވިދާޅުވި ގޮތުގައި "ޖެނެރޭޝަން ބޭން"އާ ގުޅޭ ކެބިނެޓް ކަރުދާހެއް، ދިރާސާ ކުރައްވައިގެން ތައްޔާރުކުރެއްވުމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމްއަށް ވަނީ ހަވާލުވެސް ކުރައްވައިފަ އެވެ. އަދި އެ ކަރުދާސް ތައްޔާރުކުރުމުގައި ކަމާ ގުޅޭ ފަރާތްތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުންނާއި އަދި އެނޫން ވެސް ފަރާތްތަކުގެ މަޝްވަރާ ހޯއްދަވަން އިރުޝާދު ދެއްވާފައިވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.