މަޖިލީހަށް އިންތިހާބުވެފައި މިހުރީ ތާކުންތާކު ނުޖެހޭ ކަންތައްކުރާކަށް ނޫން: ފަލާހު

މަޖިލީހަށް އިންތިހާބުވެފައި މިހުރީ ތާކުންތާކު ނުޖެހޭ ކަންތައްކުރާކަށް ނޫން: ފަލާހު

ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން މެންބަރުން އިންތިހާބުކުރަނީ ތާކުންތާކު ނުޖެހޭ ކަންތައްތަކެއް ކުރަން ނޫން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެެއްޖެ އެވެ.

އެމްއެމްއޭ އިން ހުޅުމާލޭން ބިމެއް ގަތުމަށް ފައިސާ ޗާޕުކުރަން އުޅޭ ކަމަށް ބުުނާ މައްސަލައާ ގުޅިގެން ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅު އެމްޑީޕީން އެފަދަ ގަރާރުތަކެއް ހުށަހަޅަނީ މަޖިލީހުގެ ވަގުތު ވީހާވެސް ބޮޑަކަށް ބޭކާރު ކުރަން ކަމަށެވެ.

ފަލާހު ވިދާޅުވީ މަޖިލީހަށް މެންބަރުން އިންތިހާބުކޮށްފައި ތިބީ ތާކުންތަކު ނުޖެެހޭ ކަންތައް ކުރަން ނޫން ކަމަށާއި މެންބަރުން މަޖިލީހުގައި ތިބެނީ ދާއިރާގެ މެންބަރުން އެދޭ ގޮތަށް، ދާއިރާގެ ތަރައްގީއާ ގުޅޭ މަސައްކަތްތައް ކުރަން ކަމަށެވެ.

މީގެ އިތުރުން ފަލާހު ވިދާޅުވީ “އަޅުގަނޑަށް ފެނޭ ހަމަ ކުއްލި މައްސަލައެކޭ އެއްގޮތަށް ގަރާރަށް ވެސް މަޖިލީހުގެ ގަވައިދަށް ބަދަލު ގެންނަން. އެ ގަރާރެއް ހުށަހަޅާފައި މި މަޖިލީހުގައި އަޅުގަނޑުމެން އިއްޒަތްތެރި މެންބަރުންނަށް އެ ގަރާރަށް ބަހުސްކުރަން ފެނޭތޯ ބެލުމަށް ފަހު ބަހުސަކަށް ދިއުމަކީ އަޅުގަނޑު ގަބޫލުކުރާގޮތުގައި ވަރަށް މުހިއްމު ކަމެއް،" ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *