މޯލްޑިވިއަންގެ ސީޕްލޭންގެ ދަތުރުތައް ޝެޑިއުލްކޮށް ބ. އަތޮޅަށް ފަށަން އެ ކުންފުނިން ނިންމައިފިއެވެ.
މޯލްޑިވިއަނުން ބުނީ ސީޕްލޭންގެ ޝެޑިއުލް ދަތުރުތައް ސީޕްލޭންގެ ދަތުރުތައް ކޮންމެ ހަފްތާއަކުވެސް ދެ ދުވަހު ބ. އަތޮޅަށް ބާއްވަން ނިންމާފައިވާ ކަމަށެވެ. ދަތުރު އަޅަން ނިންމާފައި ވަނީ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަސް ކަމަށާއި، ދަތުރު އޮންނާނީ އެ އަތޮޅުގެ ތިން ރަށަށް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ދަތުރުތައް އޮންނާނީ ފުޅަދޫ، ގޮއިދޫ އަދި ފެހެންދޫއަށެވެ. އެ ކުންފުނިން ވަނީ މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ފަށާފައެވެ. ނަމަވެސް އެއީ ފިތުރު އީދާއި ގުޅިގެން ބޭއްވި ދަތުރުތަކެއް ކަމަށްވެއެވެ. ސީޕްލޭންގެ ޓިކެޓުގެ އަގު އުޅެނީ 1099 ރުފިޔާއަށެވެ.
އީދާއި ގުޅިގެން ބ. އަތޮޅަށް ބޭއްވި ހުރިހާ ދަތުރުތަކެއްގައިވެސް ބޯޓު ވަނީ ފުލްވެފައެވެ. އެހެންވެ މޯލްޑިވިއަނުން ވިސްނީ ޝެޑިއުލް ދަތުރުތައް މެދުކަނޑާނުލައި ކުރިޔަށް ގެންދާށެވެ.