ބްރޯޑްކޮމްގެ އިންޒާރު: ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފުރައްސާރަވާ ގޮތަށް ކޮންޓެންޓް ގެނެސްދޭނަމަ ހަރުކަށި ފިޔަވަޅު އަޅާނަން

ބްރޯޑްކޮމްގެ އިންޒާރު: ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފުރައްސާރަވާ ގޮތަށް ކޮންޓެންޓް ގެނެސްދޭނަމަ ހަރުކަށި ފިޔަވަޅު އަޅާނަން

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފުރައްސާރަކޮށް ކޮންޓެންޓް ގެނެސްދޭނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ބްރޯޑްކާސްޓިން ކޮމިޝަން(ބްރޯޑްކޮމް)އިން މިރޭ ދީފި އެވެ.

ރޭ ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ފާޑުކިޔުމަށް، އޯޓިސްޓިކް ކުދިންނަށް ކުޑައިމީސްވާ ގޮތަކަށް ވާހަކަދައްކާފައިވެ އެވެ.

އޯޓިސްޓިކް ކުދިންނަށް މަލާމާތް ރައްދުވާ ގޮތަށް ވާހަކަ ދެއްކީ ރާއްޖޭގެ ސިޔާސީ މަސްރަހުގެ ވާހަކަތަކަށް ހާއްސަކޮށް "ރާއްޖެ ޓީވީން" ރޭ ގެނެސްދިން "ކާލާބައިސާ" ނަމަކަށް ކިޔާ ޕްރޮގްރާމެއްގަ އެވެ.

ޕްރެޒެންޓަރު ހުސައިން ރަމީޒު ހުށަހަޅައިދިން އެ ޕްރޮގްރާމްގައި ވާހަކަ ދެއްކީ ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ (ޕާޕާ ފަޔާޒް) އާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.

ބްރޯޑްކޮމްއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ

 ގާނޫނުއަސާސީގެ 35 ވަނަ މާއްދާގައި ބުނާ ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލިބޭ ހާއްސަ ރައްކާތެރިކަމާއި ބްރޯޑްކާސްޓިން ގައިޑްލައިންތަކާ ތައާރަޒުވާ ކޮންޓެންޓް ދައްކާފައިވާ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެފަދަ ކޮންޓެންޓް ތަހުގީގުކޮށް އެކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުގެ ފުރިހަމަ އިހްތިސާސް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށް އެ ސާކިއުލާގައިވެ އެވެ. އަދި ކޮމިޝަނުގެ ސަމާލުކަމަށް އަންނަ އަދި ހުށަހެޅޭ އެފަދަ މައްސަލަތައް ބަލައި ގާނޫނުން ޖާގަދޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުންޏެވެ.

"ކޮމިޝަންގެ ސަމާލުކަމަށް އަންނަ އަދި ހުށަހެޅޭ މިފަދަ ކޮންޓެންޓް ބަލައި ގާނޫނުން ޖާގަދޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ވާހަކަ އެންމެހާ ބްރޯޑްކާސްޓަރުންނަށް އަންގަމެވެ" ބްރޯޑްކޮމްއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *