ޑަސްބިން ކޮތަޅުތަކަށް ސިނގިރޭޓް އަޅައިގެން ޑިއުޓީ ފްރީން ބޭރުކުރަން އުޅުނު މައްސަލަ ބަލަނީ، ތުހުމަތުވަނީ ފުލުހަކަށް

ޑަސްބިން ކޮތަޅުތަކަށް ސިނގިރޭޓް އަޅައިގެން ޑިއުޓީ ފްރީން ބޭރުކުރަން އުޅުނު މައްސަލަ ބަލަނީ، ތުހުމަތުވަނީ ފުލުހަކަށް

ފުލުހަކު ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު ބޭރުކުރަން އުޅެނު މައްސަލައް ކަސްޓަމުންނާއި ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި ޑަސްބިން ކޮތަޅުތަކަކަށް ސިނގިރޭޓް އަޅައިގެން އެ ބޭރުކުރަން އުޅުނީ ފުލުހެކެވެ. އެެ ފުލުސް މީހާ އަތުލައިގަތީ 140 ކޓުން ސިނގިރޭޓާ އެކު އެވެ. އެ ފުލުސް މީހާ ވަނީ ދެ ދުވަހެއްގެ މަތިން އެގޮތަށް ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓް ބޭރުކޮށްފަ އެވެ.

 ދުންފަތާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ ޑިސެމްބަރު މަހު ވޭޕް ވެސް މަނާކޮށްފައިވާއިރު، ދުންފަތުގެ އިސްތިއުމާލު ކުރުމާ ގުޅޭ ހަރުކަށި ގަވައިދެއް ވަނީ މިދިޔަ ހަފުތާގައި ގެޒެޓްކޮށްފައެވެ. އެ ގަވައިދުގެ ދަށުން ސިނގިރޭޓު ނުވަތަ ބިޑި އުފައްދަން ބޭނުންކުރާ ފިލްޓަރާ އެއްކޮށް ނުވަތަ ވަކިން ވިޔަސް ރޯލްކޮށްފައި ހުންނަ ހުސް ޓިއުބާއި ހުސް ފޮށްޓާއި އެ ބޭނުމަށް ބޭނުންކުރާ އާލާތްތައް އެތެރެކުރަން ހުއްދަ ނުދެވޭނެ ކަމަށް ބުނެފައެވެ.

މި ބަދަލާއެކު ދުންފަތް އަގު ބޮޑުވެ، ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *