ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދު އައްޔަން ކުރަން މަޖިލީހުން ރުހުންދީފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދު އައްޔަން ކުރަން މަޖިލީހުން ރުހުންދީފި

ސުޕްރީމް ކޯޓުން ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް ހުސެއިން ޝަހީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

ޖޭއެސްސީންވެސް މަޖިލީހަށް ފޮނުވީ ޝަހީދުގެ ނަމެވެ. އެއަށްފަހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އިއްޔެ ނިންމީވެސް ޝަހީދުގެ ނަން މަޖިލީހުގެ ރުހުން ހޯދަން ފޮނުވާށެވެ. ޝަހީދުގެ ނަން މަޖިލީހުން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވި 64 މެމްބަރުންގެ ވޯޓުންނެވެ.

ހުސްނުއްސުއޫދު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވުމުން، ހުސްވި ޖާގައަށް ކުރިމަތިލާން އިއުލާނު ކުރުމުން ޝަހީދުގެ އިތުރުން ދެން ކުރިމަތި ލައްވާފައި ވަނީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތާއި، ގާނޫނީ ވަކީލު ރުސްދުﷲ އިބްރާހީމެވެ. ޖޭއެސްސީން އެ ތިން ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު ނިންމީ ޝަހީދު އައްޔަން ކުރަން ލަފާ އެރުވުމަށެވެ.

ޝަހީދު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކޮށްފައި ވަނީ 24 ޖުލައި 2018 ގައެވެ. އެއަށްފަހު ހައިކޯޓުގެ އިސްފަނޑިޔާރަކަށް ޝަހީދު އައްޔަން ކޮށްފައި ވަނީ 26 އޮކްޓޫބަރު 2023 ގައެވެ. ޝަހީދު ވަނީ ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރުކަމާއި ފޭދޫ މެޖިސްޓްރޭޓްކަމާއި ކްރިމިނަލް ކޯޓުގެ ގާޒީކަންވެސް މީގެކުރިން ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *