ވައިގެ މަގުން ރާއްޖެ އެތެރެކުރި 8 ލައްކަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިފި
ރާއްޖެއަށް ވައިގެ މަގުން އެތެރެކުރި 8 ލައްކަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ، 8 ލައްކަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަތީ ރޭ ދަންވަރު ތައިލެންޑު މަގުން ރާއްޖެ އައި އާންމު މީހެއްގެ މުދާ ހުރި ޝިޕްމަންޓެއްގައި މަސްތުވާތަކެތި ހުރި ކަމަށް ކުރެވުނު ޝައްކުގައި އެ ތަކެތި ޗެކު ކުރި ކުރުމުގައެވެ.
ބަލައި ފާސްކުރިއިރު 20 ޕެކެޓް ކެނަވިސް ފެނިފައިވެއެވެ. އެތަކެތީގައި 1،097 ގްރާމް ހުރި ކަމަށްވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ. ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި މި ތަކެތީގެ ބާޒާރު އަގު 877،600 ރުފިޔާއަށް އަރާނެއެވެ.
މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.