އަތުލައިގަތް މަސްތުވާތަކެތި. މި ތަކެތި ހުރީ ލުއިކާނާ ބަންދުކުރާ ޕެކެޓް ތަކުގައި ބަންދު ކޮށްފައި

ރާއްޖެ އެތެރެކުރަން އުޅުނު 59 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އިންޑިޔާގެ ކޯސްޓްގާޑުން އަތުލައިފި

ރާއްޖެ އެތެރެކުރަން އުޅުނު 59 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އިންޑިޔާގެ ކޯސްޓްގާޑުން އަތުލައިފި

ރާއްޖެ އެތެރެކުރަން އުޅުނު 59 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އިންޑިޔާގެ ކޯސްޓްގާޑުން އަތުލައިފި

ކަނޑު މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 59 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އިންޑިޔާގެ ކޯސްޓްގާޑުން އަތުލައިގެންފިއެވެ.

އިންޑިޔާގެ މީޑިޔާ ތަކުގައި ބުނެފައި ވަނީ މިތަކެތި އަތުލާފައި ވަނީ ހުސްވި ހަފްތާގެ ބުދަ ދުވަހު ކަމަށެވެ. އެއީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ރާއްޖެއަށް މަސްތުވާތަކެތި ގެންދަން އުޅޭކަމުގެ ރިޕޯޓެއް  ލިބިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން އަތުލި މަސްތުވާތަކެތި ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މަސްތުވާތަކެތި ހިފައިގެން ރާއްޖެއަށް ދަތުރުކުރި ބޯޓު އިންޑިޔާގެ ކޯސްޓް ގާޑުން ހިފަހައްޓަައި އެތަކެތި އަތުލައިގަތީ އިންޑިޔާގެ ޓެމިލްނާޑޫ އާއި ސްރީލަންކާއާއި ދެމެދުގައި އޮންނަ ގަލްފް އޮފް މަންނާ ކިޔާ ސަރަހައްދުންނެވެ. އެއާއެކު މަސްތުވާތަކެތި ރާއްޖެ ގެންނަން ދަތުރުކުރި ބޯޓު ވަނީ އަނބުރައި ޓުޓިކޮރިން ބަނދަރަށް ގެންގޮސްފައެވެ. ބޯޓުގައި 9 މީހުން ތިބި ކަމަށްވެއެވެ.

ކޯސްޓް ގާޑުން ހިފަހައްޓައި ޓުޓިކޮރިންއަށް ބޯޓު ގެންގޮސް ބެލިއިރު މަސްތުވާތަކެތި ހުރީ ލުއިކާނާ ބަންދުކުރާ ޕެކެޓު ތަކެއްގައި ބަންދު ކޮށްފައެވެ. އެގޮތުން 30 ކިލޯ ހަޝިޝް އޮއިލް ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *