ޖޭއެސްސީއަށް ހާޒިރުކުރާ ބައްދަލުވުން އާންމުންނަށް އަޑު އިވޭގޮތް ހަދައިދޭން އަޒްމިރަލްދާ އެދިއްޖެ

ޖޭއެސްސީއަށް ހާޒިރުކުރާ ބައްދަލުވުން އާންމުންނަށް އަޑު އިވޭގޮތް ހަދައިދޭން އަޒްމިރަލްދާ އެދިއްޖެ

މާދަމާ ޖޭއެސްސީއަށް ޙާޒިރުވެވަޑައިގަންނަވާ ބައްދަލުވުމުގެ އަޑު އާންމުންނަށް އެހޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އެދިވަޑައިގެންފިއެވެ. ޖޭއެސްސީން އެންމެ ފުރަތަމަ ނޯޓިސް ދީފައި ވަނީ މިއަދު 11 ޖަހާއިރު ހާޒިރު ވުމަށެވެ. ނަމަވެސް މިއަދު ޖޭއެސްސީން ވަނީ އެ ބައްދަލުވުން މާދަމާއަށް ތާވަލުކޮށް އަޒްމިރަލްދާއަށް ނޯޓިސް ދީފައެވެ.

އަޒްމިރަލްދާގެ ވަކީލު އިބްރާހިމް ޝަމީލު ވިދާޅުވީ، އަޒްމިރަލްދާ ޙާޒިރުކުރާ ބައްދަލުވުމުގެ އަޑު އާންމުންނަށް އިވޭނެ ގޮތް ހަދައިދިނުމަށް ޖޭއެސްސީގައި އަޒްމިރަލްދާގެ ފަރާތުން މިހާރު އެދިފައިވާނެ ކަމަށެވެ.

ޖޭއެސްސީން މިވަގުތު ސަސްޕެންޑް ކޮށްފައިވާ އަޒްމިރަލްދާގެ އިތުރުން މާދަމާ ޖޭއެސްސީއަށް ހާޒިރުވާން އަންގާފައިވާ އަނެއް ފަނޑިޔާރަކީ ސަސްޕެންޑް ކޮށްފައިވާ ސުޕްރީމް ކޯޓުގެ މަހާޒް އަލީއެވެ. މި ދެ ފަނޑިޔާރުންނާއި ބެހޭގޮތުން ޖޭއެސްސީން ބަލަމުން އަންނަ މައްސަލަތަކަކީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް ސްޕާއެއްގައި މަސާޖު ކުރަން ވަޑައިގެން ހުއްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން އަޒްމިރަލްދާ އާއި މަހާޒް ގުޅިގެން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތުގެ މައްސަލައަކާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވާފައިވާ ހުސްނުއްސުއޫދު، ސުޕްރީމް ކޯޓަށް ބޭފުޅަކު ގެންގޮސް ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނެވޭއިރު، އެތަނުގައި އަޒްމިރަލްދާ އާއި މަހާޒްވެސް އިންނެވި ކަމަށް ބުނާ މައްސަލައެކެވެ.

މި ތުހުމަތުތަކާއި ގުޅިގެން މީގެކުރިން މި ދެ ފަނޑިޔާރުންވެސް ވިދާޅުވެފައި ވަނީ އެއްވެސް ކަމެއްގައި އެއްވެސް ފަރާތަކަށް ނުފޫޒު ފޯރުވަން އުޅުއްވާފައިނުވާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *