ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމުގެ ބުރުގައި ރޭ ކުޅުނު ދެ މެޗުން ބާސެލޯނާ އާއި ލިވަޕޫލް މޮޅުވެއްޖެއެވެ.
ބާސެލޯނާ ރޭ މޮޅުވީ ބެންފީކާއާ ވާދަކޮށެވެ. އަދި ލިވަޕޫލް މޮޅުވީ ޕީއެސްޖީ އަތުންނެވެ. ބާސެލޯނާވެސް އަދި ލިވަޕޫލްވެސް ރޭގެ މެޗުން މޮޅުވީ 1-0 ންނެވެ. ދެޓީމުވެސް މޮޅުވީ އުދަނގޫ މޮޅަކުންނެވެ.
މި ދެމެޗުގައި ބެންފީކާއިންވެސް އަދި ޕީއެސްޖީ އިންވެސް ވަނީ ވަރުގަދަ ކުޅުމެއް ދައްކާފައެވެ. ނަމަވެސް ދެޓީމުންކުރެ ޓީމަކަށް މިމެޗު އެއްވަރު ކޮށްލެވޭ ގޮތެއްވެސް ނުވިއެވެ.