މެލޭޝިޔާގައި ގެއްލިގެން ހޯދަމުންދާ އުސައިދު ފުލުހުންގެ ބެލުމުގެ ދަށުގައި

މެލޭޝިޔާގައި ގެއްލިގެން ހޯދަމުންދާ އުސައިދު ފުލުހުންގެ ބެލުމުގެ ދަށުގައި

މެލޭޝިޔާއިން ގެއްލިގެން ހޯދަމުންދާ އުސައިދު އިބްރާހީމް އަފީފް މިވަގުތު ހުރީ އެ ގައުމުގެ ފުލުހުންގެ ބެލުމުގެ ދަށުގައިކަން އިތުބާރު ހުރިގޮތަކަށް ޔަގީން ވެއްޖެއެވެ.

ނަމަވެސް އުސައިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ކޮން ސަބަބަކާއި ގުޅިގެން ކަމެއް ޔަގީން ކުރެވިފައެއް ނުވެއެވެ.

އުސައިދު ގެއްލިގެން އުޅޭކަން އެންމެ ފުރަތަމަ އާންމުކުރީ އޭނާގެ ހަސަން އަފީފެވެ. ކުރިން ކަސްޓަމްސް އާއި އިމިގްރޭޝަންގައި އިސްމަގާމު ތަކެއް ފުރުއްވި އަދި ފިލްމީ ދާއިރާގައިވެސް އުޅުއްވި އަފީފު ފޭސްބުކްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ބުނެފައި ވަނީ ދަރިފުޅު ގެއިން ނުކުމުގެން ދިޔަ ފަހުން އަދި ބައްދަލުނުވި ނަމަވެސް އޭނާ ސަލާމަތުން ހުރިކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.

އެއީ މެލޭޝިޔާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް މިދިޔަ އާދީއްތަ ދުވަހު ހަވީރު އުސައިދު ދިޔަކަން ޔަގީންވުމާއި އޭނާގެ ވޮލެޓާއި ސްޓޫޑެންޓް ކާޑު އެތަނުގައި ބޭއްވިފައި އޮތުމުން ކަމަށްވެސް އަފީފު ވަނީ ބުނެފައެވެ. އާދީއްތަ ދުވަހު ހައިކޮމިޝަނަށް އޭނާ ދިޔަނަމަވެސް އެ ދުވަހަކީ ހައިކޮމިޝަން ބަންދު ދުވަހެއް ކަމުން އެތަނުން އޭނާއާ ހައިކޮމިޝަނުގެ އެއްވެސް މީހަކާ ބައްދަލުވެފައެއް ނުވެއެވެ.

އުސައިދު ގެއްލިގެން އާއިލާއިން ވަނީ މެލޭޝިޔާގެ ފުލުހުންނާއި ދިވެހި ހައިކޮމިޝަނަށްވެސް އެކަން އަންގާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *