އަންހެނަކު ރޭޕްކުރި މައްސަލައެއް ބަލަމުން ދަނިކޮށް ތުހުމަތު އަމާޒުވި މީހާ މަރުވެއްޖެ

އަންހެނަކު ރޭޕްކުރި މައްސަލައެއް ބަލަމުން ދަނިކޮށް ތުހުމަތު އަމާޒުވި މީހާ މަރުވެއްޖެ

ތ. މަޑިފުށީގައި އަންހެނަކު ރޭޕްކުރި މައްސަލައެއް ބަލަމުންދަނިކޮށް، އެ މައްސަލައިގައި ފުލުހުން ތުހުމަތުކުރާ މީހާ މަރުވެއްޖެ އެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ އެ އަންހެން މީހާ ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ. އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ 63 އަހަރުގެ ދިވެހި ފިރިހެން މީހާ މަރުވެފައިވާ ކަމަށް ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފިރިހެން މީހާ މަރުވީ މިދިޔަ ހޯމަ ދުވަހު އެވެ. އޭރު އޭނާ ހުރީ ފުލުހުންގެ ބަންދަކު ނޫނެވެ.

ފުލުހުން އެ މައްސަލަ ތަހުގީގުކުރަމުން އަންނައިރު، ރޭޕްގެ ޝިކާރައަކަށްވި އަންހެން މީހާއަކީ ހަށިވިއްކާ މީހެއް ކަމަށް ބުނެ، އެ ރަށު މީހުން ދަނީ ރަށުގައި އިހުތިޖާޖު ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *