މާލޭގެ މަގުމަތީގައި ފެންބޮޑުވެފަ / ފޮޓޯ: މިހާރު
މާލޭގެ މަގުމަތީގައި ފެންބޮޑުވެފަ / ފޮޓޯ: މިހާރު

މީޓިއޮރޮލޮޖިސްޓް ހުސައިން ވަހީދު މި ދެއްވަނީ ބިރުވެރި އިންޒާރެއް، ގަޑިއިރެއްގެ ތެރޭ 60 މިލިމީޓަރުގެ ވާރޭ ވެހިއްޖެ ނަމަ މާލެ އޮންނާނީ އަޑީގައި!

މީޓިއޮރޮލޮޖިސްޓް ހުސައިން ވަހީދު މި ދެއްވަނީ ބިރުވެރި އިންޒާރެއް، ގަޑިއިރެއްގެ ތެރޭ 60 މިލިމީޓަރުގެ ވާރޭ ވެހިއްޖެ ނަމަ މާލެ އޮންނާނީ އަޑީގައި!

އެއްގަނޑިއިރުގެ ތެރޭގައި މާލެއަށް 60 މިލިމީޓަރުގެ ވާރޭ ވެހިއްޖެނަމަ މާލޭގައި ދެގުނަށް ފެންބޮޑުވެ މާލެ އޮންނާނީ ފެނު އަޑީގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާގެ މީޓިއޮރޮލޮޖިސްޓް ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.

ހުސައިން ވަހީދަކީ ރާއްޖެއަށް ކުރި އެންމެ ބޯ ވިއްސާރަތަކާއި އޭގެ ސައިންސް ދެނަގަތުމަށް މަސައްކަތްކުރި ބޭފުޅެކެވެ. ހެރިޓޭޖް މިނިސްޓްރީން މިރޭ ވަނީ ރާއްޖޭގެ މޫސުމީ ތާރީހާ ބެހޭ ހާއްސަ ބައްދަލުވުމެއްގައި އެންމެ ތަޖުރިބާކާރު އެއް މީޓިއޮރޮލޮޖިސްޓް ހުސެން ވަހީދާއެކު ބާއްވައިފައެވެ.

އެ ބައްދަލުވުމުގައި އާންމުންގެ މީހެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ހުސައިން ވަހީދު ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގުދުރަތީ ކާރިސާތަކުން ރާއްޖެ އަމާންވެފައިނުވާ ކަމަށެވެ. މޫސުމީ ބަދަލުތަކުގެ ނުރައްކަލަށް ރާއްޖެ ހުށަޙެޅިފައިވާ ކަމަށެވެ. ހުސައިން ވަހީދު ވިދާޅުވީ މޫސުމީ ބަދަލުގެ ސަބަބުން ދިމާވާ ގުދުރަތީ ކަންކަމަށް ރާއްޖެ ނުރައްކަލަށް ހުށަހެޅިފައިވާ ކަމުގެ ހެކި މިދިޔަ އަހަރު ރާއްޖެއަށްކުރި ބޯ ވިއްސާރައިން ވަރަށް ސާފުކޮށް ފެންނާނެ ކަމަށެވެ. އެ ފަހަރު ބޯކޮށް ވާރޭވެހި މުޅި މާލޭގައި ފެންބޮޑުވިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މާލޭގެ މަގުތައް ހަދާފައި އޮތް ގޮތުން ގަޑިއިރެއްގެ ތެރޭގައި 30 މިލިމީޓަރުގެ ވާރޭ ވެހިއްޖެ ނަމަ ފެން ބޮޑުވެ އެވެ.

"މާލެއަށް އެއް ގަޑިިއިރުގެ ތެރޭގައި 60 މިލިމީޓަރުގެ ވާރޭ ވެހުމުގެ ސަބަބުން އެހާ ބޮޑަށް ފެން ބޮޑުވެގެން ދިޔައީ،" ހުސެން ވިދާޅުވި އެވެ.

ހުސައިން އެ ވިދާޅުދެއްވަނީ މާލެއަށް މިދިޔަ ޑިސެމްބަރުމަހުގެ 20 ގައި ކުރި ބޯ ވިއްސާރައިގެ ވާހަކައެެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭގޮތުގައި އެފަހަރު މާލެއަށް 24 ގަޑިއިރުގެ ތެރޭ 136 މިލިމީޓަރުގެ ވާރޭ ވެހުނެވެ. އަދި 3 ޖެނުއަރީގައި 142 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

ހއ. ކެލަށް މިދިޔަ އަހަރުގެ އޮގަސްޓު 12 އިން ފެށިގެން ބޯ ވާރޭ 24 ގަޑިއިރު ހަމަ އެގޮތުގައި ވަނީ ވެހިފައެވެ. އެއީ 232 މިލިމީޓަރުގެ ވާރޭ ވެހުނެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނަނީ އެއީ ރިކޯޑް އަދަދެއް ކަމަށެވެ.

ތަޖުރިބާ އަލީގައި ހުސައިން ވަހީދު ވިދާޅުވީ މީގެ ކުރިން ރަށްރަށް އާންމު ގޮތެއްގައި އެންމެ ބޯކޮށް ވާރޭ ވެހެނީ ވެސް 40 މިލިމީޓަރާއި 30 މިލިމީޓަރުގެ ވާރޭ ކަމަށެވެ. ނަމަވެސް މިހާރު އެ އަދަދު ބަދަލުވެ އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ކެލާއަށް ވެހުނު ވާރެއަކީ އޭގެ މިސާލަކަށް މާބޮޑަށް ވެސް ފުދެއެވެ.

"އެންމެ ބޮޑު ބަދަލަކީ ވާރޭ ވެހޭ ގޮތް ބަދަލުވުން. މިހާރު ވާރޭ ވެހޭއިރުގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަަރަށް ގިނަ އަދަދަކަށް ވާރޭ ވެހެނީ. އެކަން އިތުވެއްޖެ،" ހުސައިން ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މުޅި ދުނިޔޭގެ މޫސުމަށް ބަދަލު އައިސްފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް "މިއަށް ވުރެ ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމުގެ ހާދިސާތައް އިތުރުވާނެ ކަމަށް ބެލެވޭ" ކަމަށެވެ.

ދެން ހުސައިން ވަހީދު އޭނާގެ މައުލޫއު ބަދަލުކޮށް މިސްރާބު އަމާޒުކުރީ ރާއްޖެ އުދަ އެރުމުގެ ޓްރެންޑަށެވެ. މީގެ ކުރިން ރާއްޖެއަށް އާންމުކޮށް އުދައަރަނީ މާޗު އަދި އެޕްރީލްގައެވެ.
ނަމަވެސް މިހާރު އެގޮތަށް ވަކި މަހެއް ނޯންނާނެ ކަމަށް ހުސައިން ވަހީދު ވިދާޅުވިއެވެ. އޭގެ ސަބަބަކީ ދެކުނު އިންޑިއާ ކަނޑުގައި ތޫފާން އުފެދޭ ދުވަސްވަރަށް ވާތީ، އެ ތޫފާންތަކުގެ އަސަރު އީކްއޭޓާ ހުރަސްކޮށް ދާއިރު ރާއްޖެއަށް ކުރާތީ ކަމަށާއި އެދުވަސްވަރު މަޑަގަސްކަރަ އާއި މޮރިޝަސް ހިސާބުގައި 40 ފޫޓަށް ރާޅު އުފެދޭ ކަމަށް ހުސައިން ވަހީދު ވިދާޅުވިއެވެ.

"އެހެންނަމަވެސް މިހާރު ފާހަގަކުރެވެނީ އުދަ އަރާކަށް ވަކި މަހެއް ނެތް. ކޮންމެ މަހެއްގެ ކޮންމެ ދުވަހަކު ވެސް އުދަ އުރާފާނެ،" ހުސެން ވަހީދު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *