ގޮތް ނޭނގޭ ބަލިމަޑުކަމެއް ފެތުރި ކޮތަރުތައް މަރުވަނީ

ގޮތް ނޭނގޭ ބަލިމަޑުކަމެއް ފެތުރި ކޮތަރުތައް މަރުވަނީ

މާލޭގެ އެކި ހިސާބުތަކުން ބައްޔެއްޖެހި މަރުވެފައިހުރި ކޮތަރު ފެންނަން ފަށައިފިއެވެ.

ޖަނަވާރުތަކާ ބެހޭ މިނިސްޓްރީން ބުނީ އެކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ކޮތަރުތައް ބަލިވާ ސަބަބާއި މަރުވާ ސަބަބު ދެނެގަތުމަށް ތަހުލީލުތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަން ދެނެގަނެވުނުހާ އަވަހަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ވަނީ މަރުވެފައިވާ ބައެއް ކޮތަރުތަކުގެ ފޮޓޯ އާންމުކޮށްފައެވެ. އެ ފޮޓޯތަކުން ފެނަނަގޮތުގައި ކޮތަރުގެ ތުންގަނޑު އަދި ލޯ ކައިރީގައި އެއްޗެހިތަކެއް ނަގައިފައި ހުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *