މަސްވެރިންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ ޝިޔާމް މަޖިލީހަށް ހާޒިރުކުރަނީ

މަސްވެރިންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ ޝިޔާމް މަޖިލީހަށް ހާޒިރުކުރަނީ

މަސްވެރިންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު (މަޓޭ) ހުށަހެޅުއްވި ސުވާލެއް ކުރުމަށް މާދަމާ ބާއްވާ ޖަލްސާއަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ހާޒިރުކުރަން އެޖެންޑާކޮށްފި އެވެ.

މަޖިލީހުގެ ސައިޓްގައި އާންމުކޮށްފައިވާ މާދަމާގެ ޖަލްސާގެ އެޖެންޑާއިން އެނގުނު ގޮތުގައި މިނިސްޓަރު ޝިޔާމަށް މެންބަރު މައުރޫފު ދެ ސުވާލެއް ކުރެއްވުމަށް ހުށަހަޅުއްވާފައިވެ އެވެ.

ފުރަތަމަ ސުވާލަކީ ކަނޑުމަސް، ލައްޓ،ި ރާ ގޮނޑ،ި ހިކިކަނޑުމަހުގެ ގޮތުގައި ކައްކައ،ި ހިއްކައި ވިއްކައިގެން އާމްދަނީ ހޯދާ ފަރާތްތަކާއ،ި ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް ދެމެހެއްޓެނިވި އާމްދަނީއެއް ހޯދައިދިނުމަށް
މިނިސްޓްރީން ކުރަމުންދާ މަސައްކަތަކީ ކޮބައި ކަމެވެ.

ދެވަނަ ސުވާލަކީ، އެ ފަރާތްތަކަށް ތެލުގެ ސަބްސިޑީ ނުލިބ،ި މަސްވެރިކަމުގެ ސިނާއަތުގެ އެކި ބާވަތްތަކުގެ މަސްވެރިކަންކުރާ މަސްވެރިންގެ މެދުގައި ތަފާތުކުރެއްވުން ގެންގުޅުއްވަނީ ކީއްވެގެން ކަމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *