ރައީސް މުއިއްޒުގެ ހުދުމުހުތާރުވެރިކަމާ ދެކޮޅަށް މުޒާހަރާ ކުރެވުނީތީ އުފާކުރަން: މާރިޔާ

ރައީސް މުއިއްޒުގެ ހުދުމުހުތާރުވެރިކަމާ ދެކޮޅަށް މުޒާހަރާ ކުރެވުނީތީ އުފާކުރަން: މާރިޔާ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުދުމުހުތާރުވެރިކަމާ ދެކޮޅަށް އިއްޔެ އެމްޑީޕީން ކުރި މުޒާހަރާގައި ބައިވެރިވެވުނީތީ އުފާކުރާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ވަނީ ރައީސް މުއިއްޒު އިއްޔެ ރިޔާސީ ބަޔާން އިއްވި ގަޑީގައި ރައްޔިތުންގެ މަޖިލިސްގެ ކައިރީގައި މުޒާހަރާކޮށްފަ އެވެ.

އެ މުޒާހަރާގައި މާރިޔާ ވެސް ބައިވެރިވެޑައިގެންނެވި އެވެ.

މުޒާހަރާއަށްފަހު މާރިޔާ އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒު، ރިޔާސީ ބަޔާން ދެއްވިއިރު އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން  ތަޅުމުން ބޭރުކޮށްފައިވާ ކަމަށެވެ.

އެމްޑީޕީ މުޒާހަރާ ކުރީ މި ސަރުކާރުން ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނަގާފައިވާތީ އެކަމާ ދެކޮޅަށް ކަމަށެވެ. އަދި ސަރުކާރުގެ ތެރޭގައި ހިނގަމުންދާ ހިޔާނަޔާ ދެކޮޅަށް ކަމަށެވެ.

“އެ މުޒާހަރާގައި ބައިވެރިވުމަކީ ލިބުނު އުފަލެއް” މާރިޔާ ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *