މަޖިލީހުގެ ނައިބު ރައީސާއި ދެ މެމްބަރަކު ޕާކިސްތާނުގެ ލާހޯރަށް

މަޖިލީހުގެ ނައިބު ރައީސާއި ދެ މެމްބަރަކު ޕާކިސްތާނުގެ ލާހޯރަށް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމާއި މަޖިލީހުގެ އިތުރު ދެ މެމްބަރަކު ޕާކިސްތާނުގެ ލާހޯރަށް ފުރާވަޑައިގެންފިއެވެ.

މަޖިލިސް އިދާރާއިން ބުނީ، ނައިބު ރައީސް ނާޒިމްގެ އިތުރުން ދެން މި ދަތުރުގައި ވަޑައިގެންނެވީ، މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު އަދި ގުރައިދޫ ދާއިރާގެ މެމްބަރު ހަނާން މުޙަންމަދު  ރަޝީދު ކަމަށެވެ.

ތިން މެމްބަރުން ޕާކިސްތާނަށް ވަޑައިގަތީ، މި މަހުގެ 6 ން 10 އަށް ލާހޯރުގައި ބާއްވާ ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަން އޭޝިއާ ރީޖަނަލް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކަމުގައިވެސް މަޖިލިސް އިދާރާއިން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *