ކުރީގެ ފަސްޓްލޭޑީ ފަޒްނާގެ މަންމާފުޅު އަވަހާރަވެއްޖެ

ކުރީގެ ފަސްޓްލޭޑީ ފަޒްނާގެ މަންމާފުޅު އަވަހާރަވެއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ މަންމާފުޅު، ޒަމީރާ އުމަރު އަވަހާރަވެއްޖެ އެވެ.

ޒަމީރާއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑުދައިތާފުޅެކެވެ.

މައުލޫމާތު ލިބޭ ގޮތުން ޒަމީރާ އަވަހާރަވީ އާލާސްކަންފުޅަކާ ގުޅިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މިއަދުގެ މެންދުރުފަހުގެ ވަގުތެއްގަ އެވެ.

ޒަމީރާ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ ވަޑައިގަންނަވާކަން ހާމަކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި ވަނީ ސޯލިހުގެ ދެކަނބަލުންނަށާއި އާއިލާއަށް ތައުޒިޔާ ދަންނަވާފަ އެވެ.

ޒަމީރާ އަވަހާރަވުމާ ގުޅިގެން ސަރުކާރުގެ ވެރިންނާއި ސިޔާސީ ފަރާތްތަކުގެ އިތުރުން އާންމުން ވެސް ދަނީ ފަޒްނާގެ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *