ވެރިރަށް މާލެ ހިމެނޭ ސަރަހައްދުގައި ދުންފަތް އުފައްދާ ތަންތަނަށް ފުލުހުން ރެއިޑްކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާއިން ބުނީ އެފަދަ މައުލޫމާތުތައް ލިބޭތީ ރެއިޑު އޮޕަރޭޝަނެއް ހިނގަމުންދާ ކަމަށެވެ.
ފުލުހުން ރަސްމީކޮށް މީޑިއާތަކަށް ބުނީ އޭގެ އެއް ތަން ބަލައިފާސްކުރަމުންދާ ކަމަށެވެ. އެއީ ހެންވޭރުގައި ހުންނަ ގެއެއްގެ ތެރޭގައި ހަދާފައި ޕްރައިވެޓް އޮފީހެކެވެ.
އެ ތަނުގައި ސިނގިރޭޓު އުފައްދާ ކަމުގެ މައުލޫމާތު ލިބިގެން، ބަލައިފާސްކުރަމުން ދަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.
ރާއްޖޭގައި ދުންފަތް އުފެއްދުމަށް އެ ކަމަށް ބޭނުންވާ ސާމާނު އެތެރެކުރުމަކީ ގާނޫނުން މަނާކޮށްފައިވާ ކަމެކެވެ.
ސިނގިރޭޓުގެ ޑިއުޓީ ބޮޑު ކުރުމުން މާލޭގެ ބައެއް ތަންތަނުގައި ސިއްރުން ސިނގިރޭޓު ހެދުން އާންމުވަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.