55 ކައުންސިލް އިމާރާތް އަޅަން މެލޭޝިއާ ކުންފުންޏަކާ ހަވާލުކޮށްފި

55 ކައުންސިލް އިމާރާތް އަޅަން މެލޭޝިއާ ކުންފުންޏަކާ ހަވާލުކޮށްފި

ހަލާތު ދަށްކޮށް ހުރި 55 ކައުންސިލް އިމާރާތް އެޅުމަށް ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެެއްގައި އެ މަސައްކަތް ހަވާލުކުރީ މެލެޝިއާގެ ހެކްސްޓާ ގްލޯބަލްއާ އެވެ.

އެއްބަސްވުމުގައި ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރީ އަލީ ޝަރީފް ސަރުކާރުގެ ފަރާތުން ސޮއިކުރީ ކައުންސިލްތަކާ ބެހޭ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ޑރ. އައިޝަތު މުނާ އެވެ.

ކައުންސިލް މިނިސްޓްރީން ބުނީ އެ މަސައްކަތް ހެކްސްޓާއާ ހަވާލުކުރީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުގެ ދަށުން ކަމަށެވެ. ނަމަވެސް އެ މަސައްކަތުގެ އަގު ހާމައެއް ނުކުރެ އެވެ.

ކައުންސިލްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު މީގެ ކުރިން ވިދާޅުވި ގޮތުގައި ވަރަށް ދަށް ހާލުގައި ހުރި ގިނަ ކައުންސިލްތައް އެބަ ހުއްޓެވެ.

އެގޮތުން ޖުމްލަ 87 ކައުންސިލް އިމާރާތް އަޅަން ޖެހޭކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

55 ކައުންސިލް އިމާރާގް އަޅަން ހަވާލުކުރި އިރު ޗައިނާ ސަރުކާރުގެ އެހީގައި 50 ކައުންސިލް އިމާރާތެއް ތަރައްގީކުރަން ވެސް އޮތޯ ނިންމައިފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *