ވަގު ފޯމު ހުށަހަޅައިގެން އެމްޑީޕީގެ މެމްބަރުން ޕީއެންސީއަށް ވެއްދި މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ނިންމައިފި އެވެ.
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓެ) ހިމެނޭހެން އެމްޑީޕީގެ ބައެއް މެމްބަރުން ޕީއެންސީއަށް ވަގަށް ވައްދާފައިވާކަން އިލެކްޝަންސް ކޮމިޝަންއާއި ޕީއެންސީން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.
އެހެންވެ އެ މައްސަލައިގައި ހޯމް މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް ނަސީމް ވަނީ ހުށަހަޅުއްވައިފަ އެވެ.
މީކާއިލް ހުށަހެޅުއްވި ސުވާލުގައި ބުނެފައިވާ ގޮތުގައި ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަންގެ ޑޭޓާ ބޭސް ބޭނުންކޮށްގެން މީހުންގެ ޝަހުސު އޮޅުވާލާ ޕީއެންސީއަށް މެމްބަޝިޕް ފޯމު ފުރިކަން މިހާރު ވަނީ ހާމަވެފަ އެވެ.
އެހެންވެ މީކާއިލް މިނިސްޓަރާ ކުރެއްވި ސުވާލުގައި ވަނީ މީހުންގެ ޒާތީ މައުލޫމާތު އިތުރަށް ރައްކާތެރިކުރުމަށް އަޅުއްވާނެ އިތުރު ފިޔަވަޅުތައް ސާފުކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
"އަދި ސައްހަ ނޫން ފޯމުތަކުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ ތިޔަ [ހޯމް] މިނިސްޓްރީގެ އިސްވެރިންނާމެދު އެއްވެސް ފިޔަވަޅެއް އަޅުއްވައިފައިވޭތޯ؟" މީކާއިލް އިތުރަށް ހުށަހެޅުއްވި ސުވާލުގައި ބުނެފައިވެ އެވެ.
އެމްޑީޕީން ބުނެފައިވާ ގޮތުން ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ އެ ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެމްޑީޕީގެ ދަފްތަރުން އުނިކޮށް ޕީއެންސީގެ ހިމަނާފައިވާތީ އެ މައްސަލަ އީސީގެ ސަމާލުކަމަށް އެ ޕާޓީން ވަނީ އެކި ފަހަރު މަތިން އޮތީ ގެނެސްފަ އެ