ރ. އަލިފުއްޓާއި އެ އަތޮޅު މީދޫގައި ސިހުރު ހަދާކަމަށް ތުހުމަތުކޮށް އެ ދެ ރަށު ގެތަކެއް ބަލައި ފާސްކުރަން ފަށައިފި އެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އެ ދެ ރަށުގައި ސިހުރު ހަދާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޮޕަރޭޝަނެއް ހިންގަމުން އަންނަ ކަމަށެވެ.
ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.