‏‏އިވެމުންދަނީ އާސަދަންއަށް އެދި ނިކަމެތިން ރޮއި އާދޭސް ކުރަމުންދާ ހިތްދަތި އަޑު: ޝާހިދު

‏‏އިވެމުންދަނީ އާސަދަންއަށް އެދި ނިކަމެތިން ރޮއި އާދޭސް ކުރަމުންދާ ހިތްދަތި އަޑު: ޝާހިދު

2024 ވަނަ އަހަރު ނިމިގެން ދާއިރު، އިވެމުން ދަނީ ނިކަމެތި ރައްޔިތުން، އާސަންދައަށް އެދި ރޮއި އާދޭސް ކުރަމުންދާ ހިތްދަތި އަޑު ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، އާސަންދައަށް ކުރި ޚަރަދު 101 މިލިއަން ރުފިޔާ ސަރުކާރުން މަދުކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރާ ބަލާއިރު ދައުލަތަށް ލިބުނު އާމްދަނީ 78 މިލިޔަން އިތުރުވެފައި ވީނަމަވެސް، ރައްޔިތުން ބިކަވެ, ނިކަމެތި ވެފައިވާ ކަމަށެވެ.

"ސަރުކާރުން އާސަންދައަށް ކުރި ޚަރަދު ވަނީ 101 މިލިއަން ރުފިޔާ މަދުކޮށްފައި. އިވެމުން ދަނީ ނިކަމެތި ރައްޔިތު މީހާ، އާސަންދައަށް އެދި ރޮއެ ކުރާ އާދޭހުގެ ހިތްދަތި އަޑު. ނަމަވެސް ސިޔާސީ  މުސާރަ އާއި ގުޅުން ހުރި ޚަރަދު ތަކަށް 1.4 ބިލިއަން ރުފިޔާ އިތުރަށް ޚަރަދު ކޮށްފި." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، އަހަރު ނިމިގެން ދާއިރު މި ސަރުކާރުގެ މާލީ ހިސާބު ތަކުން ދިވެހިންގެ ހިތްތަކަށް ލިބޭ ފިނި ކަމެއް ނެތް ކަމަށެވެ.

"ލިބުނު ހިތްހަމަޖެހުމެއް ނުފެނުނު. އެންމެހާ ދިވެހިން، ކޮއްޕަމުން، ލަވަމުން، ވައްދަމުން އެގެންދަނީ ނުތަނަވަސްކަމާއި ކަންބޮޑުވުމެއްގެ ތެރެއަށް. އަޅުވެތިކަމުގެ  ބަނދެލުމަކުން  ދިވެހިން ބަނދެލުމަށް މި ސަރުކާރުން އެވަނީ މިސްރާބު ހިފާފައި. " ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވި ގޮތުގައި އާންމު ރައްޔިތުންގެ ވޭނުގެ އަޑު އެހުމާއި ނުލައި ކުރިއަށް ދަނީ ސަރުކާރުގެ އިސްވެރިންގެ ޒާތީ މަންފާއަށް ކުރާ ބޭކާރު ހޭދަތަކާއި އެމަގަށް ކުރާ މަސައްކަތް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply to ޢަލިޮ Cancel reply

Your email address will not be published. Required fields are marked *