ދެހާހަށްވުރެ ގިނަ ފްލެޓާއެކު، ބޯހިޔާވަހި ކަމުގެ 15 ޕްރޮޖެކްޓެއް އެޗްޑީސީ އިން އިފްތިތާހު ކޮށްފި

ދެހާހަށްވުރެ ގިނަ ފްލެޓާއެކު، ބޯހިޔާވަހި ކަމުގެ 15 ޕްރޮޖެކްޓެއް އެޗްޑީސީ އިން އިފްތިތާހު ކޮށްފި

ދެހާހަށްވުރެ ގިނަ ސޯޝަލް ހައުސިންގ ފްލެޓު ހިމެނޭހެން، 15 ޕްރޮޖެކްޓެއްގެ ފެށުން އެޗްޑީސީ އިން އިފްތިތާހު ކޮށްފިއެވެ.

ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި އޮތް މި ރަސްމިއްޔާތުގައި އިފްތިތާހުކުރި ބިޔަ މަޝްރޫއުގައި 2100 ހައުސިންގ ފްލެޓް ހިމެނެއެވެ. މީގެއިތުރުން މިހާތަނަށް ރާއްޖޭގައި ހަދާފައިނުވާ މޮޑެލް ތަކުގެ ޕްރޮޖެކްޓްތައްވެސް ހިމެނެއެވެ.

ރޭގެ ރަސްމިއްޔާތުގައި މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައި ދިނުމަށް ފަށާފައިވާ ރަސްމާލެ ޕްރޮޖެކްޓާއި ހުޅުމާލޭގައި ހިންގާ އިތުރު ސޯޝަލް ހައުސިންގެ ދެ މަޝްރޫއުއަކާއި، ރޯ ހައުސް މަޝްރޫއެއްގެ އިތުރުން ބިންވެރިޔާ ސްކީމުން ގޯތި ލިބިފައިވާ މީހުންނަށް ކުރިއަށް ގެންދާ ޕްރީ ފެބް ގެތަކުގެ މަޝްރޫއެއްވެސް އިފުތިތާހު ކޮށްފައިވެއެވެ.

މި ޕްރޮޖެކްޓުގައި، ރޯ ހައުސް ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގެ ފޭސް ޓޫގައި 32 ޔުނިޓު އިމާރާތް ކުރާނެއެވެ. އެ ޕްރައިވެޓް ރޯ ހައުސްތައް ތަރައްގީ ކުރަނީ އެކްސްކްލޫސިވް ކްލަބް ހައުސްތަކާއި ޕޫލް ހިމެނޭ ގޮތަށެވެ.

މި ޕްރޮޖެކްޓުގައިވާ ގޮތުން 2،100 ފްލެޓެއް އަޅާނީ ހުޅުމާލޭގައެވެ. އެއީ 2 ކޮޓަރި އާއި 3 ކޮޓަރީގެ ފްލެޓް ތަކެކެވެ.

މޮޑާން ޕްރީފެބް ހޯމްސްގެ ނަމުގައި ފަށާ މަޝްރޫއު ހާއްސަ ކުރަނީ ބިންވެރިޔާ ހައުސިން ސްކީމުން ގޯތި ހޯދި މީހުންނަށެވެ. އެ މަޝްރޫއު ކުރިއަށް ގެންދަނީ މި މަހު ސަރުކާރުން ހުޅުވާލީ ހިޔާވެހި ލޯން ސްކީމުގެ ދަށުންނެވެ. މީގެއިތުރުންވެސް ލަގްޒަރީ ވިލާތަކަށް ހާއްސަކޮށް ފަރުކޮޅުފުށި ގޭޓެޑް ކޮމިއުނިޓީ ޕްރޮޖެކްޓާއި އެސްއޯއީ ތަކަށް އޮފީސް އިމާރާތަކާއި ކޮމާޝަލް ސްޕޭސް ހިމެނޭ ގޮތަށް ހަދާ އެޗްޑީސީގެ ހެޑް އޮފީސް އިމާރާތާއި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށް އެލްޑަލީ ކެއާ ފެސިލިޓީއެއް ހެދުންވެސް މި ޕްރޮޖެކްޓްގެ ތެރޭގައި ހިމަނާފައިވެއެވެ.

މީގެއިތުރުން، ހުޅުމާލޭގައި 15 ޕާކިން އިމާރާތް ގާއިމް ކުރުމާއި، ރޭސިން ޓްރެކަކާއި ޑްރިފްޓް ޓްރެކާއި ގޯ-ކާޓް ޓްރެކާއި ރޮލާ ސްކޭޓިން އަދި ވޯޓާ ތީމް ޕާކު ހިމެނޭ އައިލް އެޑްވެންޗާ ޕާކެއްވެސް ހިމަނާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *