އުޅެނީ އޭސީސީ އާއި އީސީގެ ބާރު ވަކިބޭފުޅެއްގެ އަތްމައްޗަށް ދަމައިގަންނަން: ނާޒިލް

އުޅެނީ އޭސީސީ އާއި އީސީގެ ބާރު ވަކިބޭފުޅެއްގެ އަތްމައްޗަށް ދަމައިގަންނަން: ނާޒިލް

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސާއި ބައިބު ރައީސަކީ، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅުންނަށް ހެއްދެވުމަކީ، އެ ދެކޮމިޝަނުގެ ބާރު ވަކިބޭފުޅެއްގެ އަތްމައްޗަށް ދަމައިގަތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ.

އޭސީސީގެ ރައީސް އާއި ނައިބު ރައީސަކީ، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅުންނަށް ހެދުމަށް ޤާނޫނަށް ގެންނަ އިސްލާހުގެ ބިލުގެ ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ، މިއަދުގެ ޖަލްސާގައި ޕީއެންސީގެ ބަޔެއް ބޭފުޅުން ވާހަކަ ދައްކަވާއިރު، "އެމްޑީޕީން ކަންކަން ކުރިމަގުންނޯ ތިމަންމެން ކަންތައް މިކުރަނީ" ވިދާޅުވަމުން އެބަގެންދަވާ ކަމަށެވެ. އަދި އެއީ ރަނގަޅު ގޮތެއް ކަމަށް މިއަދު ޕީއެންސީގެ މެމްބަރުން ވިދާޅުވަމުން ގެންދަވާ ކަމަށެވެ.

"އަދި އަލަށްކަންނޭނގެ މިވާހަކަ މިދެއްކީ. މީގެކުރިން ދެއްކީ އެމްޑީޕީން ކުރިގޮތް މުޅިންވެސް ގޯހޭ" ނާޒިލް ވިދާޅުވިއެވެ.

ނާޒިލްގެ ވާހަކައިގައި މަޖިލީހުގެ މެމްބަރުން "މަސް ނިމުނީމަ ދިމްޔާތަށް ދާންޖެހޭ" ކަމަށް ވިދާޅުވުމާއެކު، ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ ވަގުތުން އެ ވާހަކަ ހުއްޓުވާފައެވެ. ރިޔާސަތުން ވިދާޅުވީ ކުރިމަތީގައި އޮތް ބިލަށް ވާހަކަ ދެއްކެވުމަށާއި، މަޖިލީހުގައި ޖަވާބުދާރީ ނުނެވޭ ބޭފުޅުންގެ ވާހަކަ ދެއްކެވުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށެވެ.

މަޖިލިސް ރައީސްގެ އެ ވާހަކައަށް ރައްދު ދެއްވައި ނާޒިލް ވިދާޅުވީ "ދިމްޔާތަށްދާ ވާހަކަ އާއި މުލިއާގެއަށް ދާވަހަކަ އާއި އެހެން އޮފީސްތަކަށް ދާވަހަކަ" ދެއްކެވުމުން ބަޔެއް މެމްބަރުން ހިތްހަމަނުޖެހޭނެ ކަމަށާއި، އޭނާގެ ވާހަކަ ހުއްޓުވަނީ އެކަމާގުޅިގެން ކަމުގައިވާނަމަ ހުއްޓުވަންވީ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *