އަބްދުއްރަޙީމްވެސް މުސާރައިގެ 50 ޕަސެންޓް ނަންގަވަން ނިންމަވައިފި

އަބްދުއްރަޙީމްވެސް މުސާރައިގެ 50 ޕަސެންޓް ނަންގަވަން ނިންމަވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲވެސް މަޖިލީހުން ލިބިވަޑައިގަންނަވާ މުސާރައިގެ 50 ޕަސެންޓް ނަންގަވަން ނިންމަވައިފިއެވެ.

ސަރުކާރުގެ އިގްތިސޯދީ އެޖެންޑާގެ ދަށުން ދައުލަތުގެ ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނާއި ސިޔާސީ ވަޒީފާތަކުގައި ތިބި ފަރާތްތަކުގެ މުސާރައިން 10 ޕަސެން އުނިކުރަން ނިންމަވައި، ރައީސް ޑރ. މުޙަންމަދު މުއިއްޒުގެ މުސާރައިގެ 50 ޕަސެންޓް ނަންގަވަން ނިންމަވާފައިވަނިކޮށް، އަބްދުއްރަޙީމް އެކްސްގައި ވިދާޅުވީ، އޭނާވެސް ދެން ނަންގަވާނީ މުސާރައިގެ 50 ޕަސެންޓް ކަމަށެވެ. އަދި އެއީ ސަރުކާރަށް އެއްބާރުލުން ދިނުމުގެ ގޮތުން ނިންމެވި ނިންމެވުމަށް ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސަށް މުސާރައިގެ ގޮތުގައި ލިބެނީ 73،125 ރުފިޔާއެވެ. މަޖިލީހުގެ ރައީސަކަށް ކޮމިޓީ އެލަވަންސެއް ނީންނާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *