އެންމެ މޮޅު އެތުލީޓުންގެ އެވޯޑު ދީމާ އަދި ޝައްފާންއަށް 

އެންމެ މޮޅު އެތުލީޓުންގެ އެވޯޑު ދީމާ އަދި ޝައްފާންއަށް 

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ 2024ގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ފާތިމަތު ދީމާ އަލީ އަދި ފިރިހެން އެތުލީޓަކަށް މުޙައްމަދު ޝައްފާން އިސްމާއީލް ހޮވިއްޖެ އެވެ.

ސޯޝަލަ ސެންޓަރުގައި މިރޭ ބޭއްވި "މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2024″ ރަސްމިއްޔާތުގައި ދިމާ އަށާއި ޝައްފާނަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މިއީ އެންމެ މޮޅު އަންހެން އެތުލީޓުގެ އެވޯޑު ދީމާ ހާސިލުކުރި ދެވަނަ ފަހަރެވެ.

އަހަރުގެ އެންމެ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިޔާޣެ އެވޯޑު ވެސް ދީމާ ވަނީ ހާސިލު ކޮށްފަ އެވެ.

ދީމާ ވަނީ އަހަރުގެ އެންމެ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިޔާގެ އެވޯޑުވެސް ހާސިލްކޮށްފައެވެ. އަދި އަހަރުގެ އެންމެ ޒުވާން އަންހެން އެތުލީޓުގެ މަގާމުވެސް އޭނާ ވަނީ ހާސިލްކޮށްފައެވެ.

"ސްޕޯޓްސްވުމަން އޮފް ދި އިޔާ ސިލްވާ" ފާތިމަތު ނަބާހާ ޢަބްދުއްރައްޒާގު ހާސިލުކުރިއިރު، "ސްޕޯޓްސްވުމަން އޮފް ދި އިޔާ ބްރޮންޒް: ހާސިލުކުރީ އާމިނަތު ނަބީހާ ޢަބްދުއްރައްޒާގެވެ.

"ސްޕޯޓްސްމަން އޮފް ދި އިޔާ ގޯލްޑް" ޝައްފާން ހޯދިއިރު، "ސްޕޯޓްސްމަން އޮފް ދި އިޔާ ސިލްވާ" ހާސިލުކުރީ އަޒްނީން ރަޝާދެވެ.

އަދި "ސްޕޯޓްސްމަން އޮފް ދި އިޔާ ބްރޮންޒް" ހޯދީ ނިބާލް އަޙްމަދެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *