އައިއޭއީއޭގައި ރާއްޖެ ބައިވެރިވާން ޚާރިޖީ ކޮމިޓީން ފާސްކޮށްފި

އައިއޭއީއޭގައި ރާއްޖެ ބައިވެރިވާން ޚާރިޖީ ކޮމިޓީން ފާސްކޮށްފި

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް މަޖިލީހުން ރުހުން ދިމުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީން މިއަދު ފާސް ކޮށްފިއެވެ.

އެކަމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ މިދިޔަ ހޯމަ ދުވަހުއެވެ.

ދިވެހި ދައުލަތުގެ ނަމުގައި، ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާ ތަކަށް އަމަލު ކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސް ކުރުމަށްފަހު، އެ މަޖިލީހުން ނިންމާ ގޮތެއްގެ މަތީން ކަމަށް ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ވަނީ ބަޔާން ކޮށްފައެވެ.

ކޮމިޓީން އެގޮތަށް ފާސްކުރީ، އައިއޭއީއޭގައި ރާއްޖެއިން ބައިވެރިވުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ އިތުރަށް ދިރާސާ ކުރުމަށްފަހުގައެވެ.

އައިއޭއީއޭގައި ރާއްޖޭން ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ މި މަޝްރޫއު އިތުރަށް ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *