ހުޅުމާލޭ ފޭސް ދޭއްގެ ބީޗުން އިތުރު 18 ބިން ވިއްކަން ނިންމައިފި

ހުޅުމާލޭ ފޭސް ދޭއްގެ ބީޗުން އިތުރު 18 ބިން ވިއްކަން ނިންމައިފި

ހުޅުމާލޭ ފޭސް ދޭއްގެ ބީޗު ފްރަންޓާއި ބީޗް ސައިޑުން އިތުރު 18 ބިމެއް ވިއްކަން އެޗްޑީސީން ނިންމައިފިއެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ 18 ބިމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އެއީ ބީޗު ފްރޮންޓުން 2 ވިމާއި ބީޗް ސައިޑުން 16 ބިން ކަމުގައިވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

ބީޗު ޕްރަންޓުން ވިއްކާ ދެ ބިމަކީ، 1،454 އަކަފޫޓުގެ ބިމަކާއި 1،261 އަކަފޫޓުގެ ބިމެކެވެ. ބީޗް ސައިޑުން ވިއްކާ ބިންތަކަކީ 1،316 އަކަފޫޓާއި 1،584 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ.

މީގެތެރެއިން ބީޗް ފްރަންޓުން ބިން ވިއްކަނީ އަކަފޫޓެއް 4،500ރ. އަށެވެ. އެހެންވެ، އަލަށް ހުޅުވާލި 1،261 އަކަފޫޓުގެ ބިމުގެ އަގު 5.7 މިލިއަން ރުފިޔާ އަށް އަރައެވެ. ބީޗް ފްރަންޓުން ހުޅުވާލި 1،454 އަކަފޫޓުގެ ބިމުގެ އަގު 6.5 މިލިއަން ރުފިޔާއަށް އަރައެވެ.

އެޗްޑީސީގެ އިއުލާނުގައިވާ ގޮތުން ބީޗް ސައިޑުން ބިން ވިއްކާ އެންމެ ދަށް އަގަކީ އަކަފޫޓެއް 4،000ރ. އެވެ. އެހެންވެ، އަލަށް ހުޅުވާލީ 16 ބިންތަކުގެ އަގު އުޅެނީ 5.3 މިލިއަން ރުފިޔާ އާއި 6.3 މިލިއަން ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *