Washington, DC

ރާއްޖޭގެ ޓެކްސްގެ ނިޒާމަށް ބަދަލުތަކެއް ގެނަންނަ ވޯލްޑް ބޭންކުން ހުށަހަޅައިފި

ރާއްޖޭގެ ޓެކްސްގެ ނިޒާމަށް ބަދަލުތަކެއް ގެނަންނަ ވޯލްޑް ބޭންކުން ހުށަހަޅައިފި

ރާއްޖޭގެ ޓެކްސްގެ ނިޒާމަށް ބަދަލުތަކެއް ގެނަންނަން ފެންނާތީ، އެ ބަދަލުތައް ވޯލްޑް ބޭންކުން ރާއްޖެއަށް ހުށަހަޅައިފިއެވެ.

ދުނިޔޭގެ މަރުކަޒީ ބޭންކުގެ "ސީކިން ސްޓެބިލިޓީ އިން ޓާބިއުލަންޓް ޓާމްސް" ރިޕޯޓުގައި ބުނެފައި ވަނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީން ލިބެންޖެހޭ ޓެކްސް ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ދައުލަތަށް ނުލިބޭ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ހިންގާ އޮންލައިން ޕްލެޓްފޯމް ތަކުން ރާއްޖޭގެ ޓޫރިޒަމް ޕެކޭޖްތައް ވިއްކާއިރު، އެކަމުން ޓެކްސް ނުނަގާ ކަމަށާއި، އެކަން ހައްލުކުރުމަށް ބޭސް އިރޯޝަން ޕްރޮފިޓް ޝިފްޓިން ޕްރޮޖެކްޓްގެ އޮނިގަނޑު ބޭނުންކުރަން އެބަޖެހޭ ކަމަށްވެސް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ރާއްޖޭގައި ޖީއެސްޓީ އަދި ޓީޖީއެސްޓީ ނެގުމުގައި ޑެސްޓިނޭޝަން ޕްރިންސިޕަލްއަށް ބަލައިގެން ޓެކްސް ނެގުމުގެ ނިޒާމެއް ގާއިމް ކުރަންޖެހޭ ކަމަށްވެސް އެ ބޭންކުން ބުނެފައިވެއެވެ. އެގޮތުން ފުރަތަމަ ގޮތަކީ އޮފްޝޯ ޕްލެޓްފޯމް ތަކުގެ މެދުގައި ގުޅުމެއް ގާއިމު ކުރެވޭނެ ގޮތް ހޯދުން ކަމަށާއި، އަދި އެފަދަ ބުކިން ޓްރާންސެކްޝަން ތަކުގެ އަގުގެ މައްޗަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ޓެކްސް ނަގަން ވޯލްޑް ބޭންކުން ވަނީ ހުށަހަޅާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *