ވޯލްޑް ކަޕް ކޮލިފައިން: އާޖެންޓީނާ އާއި ވެނެޒުއޭލާ އެއްވަރު ވެއްޖެ

ވޯލްޑް ކަޕް ކޮލިފައިން: އާޖެންޓީނާ އާއި ވެނެޒުއޭލާ އެއްވަރު ވެއްޖެ

ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި، ދެކުނު އެމެރިކާ ބައްރުގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި ވެނެޒުއޭލާ ކުޅުނު މެޗު 1-1 ން އެއްވަރުވެއްޖެ އެވެ.

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށްފަހު، ކެޕްޓަން ލިއޮނެލް މެސީ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގެ 13 ވަނަ މިނެޓުގައި އާޖެންޓީނާގެ ނިކޮލަސް އޮޓަމެންޑީ ވަނީ ލަނޑެއް ކާމިޔާބު ކޮށްދީފައެވެ.

އާޖެންޓީނާ އިން ގިނައިރު ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެފައިވާ މި މެޗުގައި އެ ޓީމުން ވަނީ ވެނެޒުއޭލާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ދީފައެވެ. މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ނުޖެހުނު ނަމަވެސް ވެނެޒުއޭލާއިންވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ހޯދާފައެވެ.

މި މެޗުގައި އާޖެންޓީނާގެ އެއްވަނަ ގޯލްކީޕަރު މާޓިނޭޒް ސަސްޕެންޑް ވެފައިވާތީ މި މެޗުގައި ގޯލު ބަލަހައްޓާފައި ވަނީ ޖެރޮނީމޯ ރުލީއެވެ.

މި މެޗުގެ ނަތީޖާ ވެނެޒުއޭލާއިން އެއްވަރުކޮށްފައިވަނީ މެޗުގެ 65 ވަނަ މިނިޓުގައި ސަލޮމޮން ރޮންޑޮން ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ދެކުނު އެމެރިކާގެ ކޮލިފައިންގެ އެއްވަނަ މަގާމުގައި ކުޅުނު 9 މެޗުން 19 ޕޮއިންޓާއެކު އޮތީ އާޖެންޓީނާއެވެ. ދެވަނައިގައި އޮތް ކޮލަމްބިއާއަށް 9 މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު ވެނެޒުއޭލާއަށް 9 މެޗުން ލިބިފައިވާ 11 ޕޮއިންޓާއެކު އޮތީ 7 ވަނައިގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *