މޯލްޑިވިއަނުން ފުނަދޫއަށް ކުރަމުންދިޔަ ދަތުރުތައް ކެންސަލްކޮށްފި

މޯލްޑިވިއަނުން ފުނަދޫއަށް ކުރަމުންދިޔަ ދަތުރުތައް ކެންސަލްކޮށްފި

ށ. ފުނަދޫ އެއާޕޯޓްގެ ހުރިހާ ދަތުރުތެއް މެދުކަނޑާލާފައިވާ ކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.

މޯލްޑިވިއަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެއާޕޯޓްގެ ހުރިދާ ދަތުރުތަކެއް މެދުކަނޑާލީ އެއާޕޯޓްގެ ޓެކްނިކަލް މައްސަލަތަކަކާ ހެދި ކަމަށެވެ.

ދަތުރުތައް ކެންސަލްވުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް ވެސް އެދޭ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

އެއާޕޯޓަށް ދިމާވި ޓެކްނިކަލް މައްސަލަ ކުންފުނީގެ ޓީމުން ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

ފުނަދޫ އެއާޕޯޓަކީ 2020 ގައި ހުޅުވި އެއާޕޯޓެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *